މަޝްހޫރު ސިލްސިލާ ގޭމް އޮފް ތުރޯންސް (ޖީއޯޓީ) ގައި މަސައްކަތްކުރި ދުވަސްވަރު އޭގެ ސަބަބުން ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅެން ޖެހުނު ކަމަށް އެ ސިލްސިލާގެ މައި އެއް ކެރެކްޓާ ކުޅުނު އިނގިރޭސި އެކްޓަރު ކިޓް ހެރިންޓަން ބުނެފި އެވެ.
15 އޯގަސްޓް 2021
މަޝްހޫރު ސިލްސިލާ ގޭމް އޮފް ތުރޯންސް (ޖީއޯޓީ) ގައި މަސައްކަތްކުރި ދުވަސްވަރު އޭގެ ސަބަބުން ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅެން ޖެހުނު ކަމަށް އެ ސިލްސިލާގެ މައި އެއް ކެރެކްޓާ ކުޅުނު އިނގިރޭސި އެކްޓަރު ކިޓް ހެރިންޓަން ބުނެފި އެވެ.
އަށް ސީޒަނަކަށް ގެނެސްދިން ސީރީޒްގައި ޖޮން ސްނޯގެ ކެރެކްޓާ ކުޅުނު 34 އަހަރުގެ އެކްޓަރު ސިރިއަސް އެކްސްއެމްގެ "ދަ ޖެސް ކޭގްލް ޝޯ" ގައި ބުނީ "ޖީއޯޓީ" ގެ ސަބަބުން ނަފުސާނީ އުނދަގޫތަކެއް ތެރޭގައި އުޅެން ޖެހުނީ އޭގެ އަނިޔާވެރި މަންޒަރުތަކާއި އިންޓެންސް ކެރެކްޓާތަކާއި މީހާ ބަލިކަށިކޮށްލާ ކަހަލަ ޖަޒުބާތީ މަންޒަރުތަކާ ހެދި ކަމަށެވެ.
"ތެދަށް ބުނަންޏާ ސިލްސިލާގެ ފުރަތަމަ ސީޒަނުން ފެށިގެން ގޮސް އޭގައި އަހަރެން މަސައްކަތްކުރި ދުވަސްވަރަކީ މެންޓަލީ މީހާ ވަރަށް ބޮޑަށް ބަލިކަށި ދުވަސްތަކެއް. އޭގެ ސަބަބުން އަމިއްލަ ނަފުސަށް ވަގުތު ދޭން މަޖުބޫރުވެ، އަހަރެއްހާ ދުވަހު އެކަމުގެ ތެރޭގައި ވެސް އުޅެން ޖެހުނު،" 2018 ގައި ކައިވެނިކޮށް މިހާރު ދަރިޔަކު ވެސް ހުރި ހެރިންޓަން ބުންޏެވެ. "އަހަރެން މިހާރު އުފާ ވެސް ކުރަން ދިމާވި ކަންކަމާ ދެކޮޅަށް އަހަންނަށް މަސައްކަތްކުރެވުނީތީ."
އޭނާ ބުނި ގޮތުގައި "ޖީއޯޓީ" އަކީ މީހާގެ ފިލްމީ ކެރިއަރު މުޅިން ބަދަލުކޮށްދިން ފުރުސަތެކެވެ. އެކަމަކު އެ ސިލްސިލާ ކަހަލަ "އިންޓެންސް" އެއްޗެހީގައި މާ ގިނަ ދުވަހު ހުއްޓުމެއް ނެތި މަސައްކަތްކުރާ ނަމަ ކޮންމެ މީހަކަށް ވެސް އޭގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުންޏެވެ.
ދެހާސް އެގާރައިގައި ގެނެސްދޭން ފެށި އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ޖީއޯޓީ" ނިންމައިލީ 2019 ގަ އެވެ. އެ ނިންމައިލުމާ އެކު ހެރިންޓަން ވަނީ އޭނާ އަށް ދިމާވި ނަފުސާނީ މައްސަލަތަކަށް ވެލްނެސް ސެންޓަރަކުން ފަރުވާ ވެސް ހޯދައިފަ އެވެ.
"ސިލްސިލާ ނިންމައިލިތަނާ ކަހަލަ ގޮތަކަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއަށް ދާން ޖެހުނީ. އެކަން ހަގީގަތުގައިވީ އަހަރެން ފަރުވާ ހޯދަން ލިބުނު ވަރަށް ރަނގަޅު ފުރުސަތަކަށް،" ދާދި ފަހުން އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރިޒް "މޮޑަން ލަވް" ގެ އެޕިސޯޑަކަށް ޝޫޓްކުރި އެކްޓަރު ބުންޏެވެ. "ބޭނުންވީ އަލުން އެނބުރި މަސައްކަތަށް އަންނަ އިރު މީހާ މުޅިން މެންޓަލީ ފިޓްވެގެން ނުކުންނަން. މިހާރު އަހަރެން މިހުރީ ހަމަ މުޅިން ފިޓްކޮށް."
ހެރިންޓަންގެ ކުރިއަށް ބޮޑު ފިލްމަކީ ނޮވެމްބަރު 5 އަށް ތާވަލުކޮށްފައި އޮތް މާވެލްގެ ސުޕަހީރޯ ފިލްމު "އިޓާނަލްސް" އެވެ. އޭގެ ކާސްޓްގައި އެންޖެލީނާ ޖޯލީ، ރިޗަޑް މެޑެން، ކުމައިލް ނާންޖިއާނީ އަދި ސަލްމާ ހަޔޭކް ފަދަ ތަރިން ހިމެނެ އެވެ.
މެއިޒީ ވެސް ނަފްސާނީ މައްސަލަތަކުގެ ތެރޭގައި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް
ހައުސް އޮފް ދަ ޑްރެގަންގެ ފަހު އެޕިސޯޑް ލީކުވެއްޖެ
"ހައުސް އޮފް ޑްރެގަން" އާއެކު ތާރީހީ ކާމިޔާބީއެއް
ހަައުސް އޮފް ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން
އާރިޔާ ސްޓާކްގެ ރޯލު ކުޅެން ވަރަށް ފޫހިވި: މެއިސީ
ގޭމް އޮފް ތުރޯންސްގެ ޕްރީކުއެލް އޮގަސްޓް 21 ގައި
ބްރިޓްނީގެ ލޯބިވެރިޔާ އަށް ނުލިބުނު ރޯލެއްގެ ވާހަކަ
"ހައު އައި މެޓް ޔޯ ފާދާ" ގެ ޓްރެއިލާ ދައްކާލައިފި