Roadha Mihaaru
ގްރާންޑޭ ބަލިކޮށް ބުރަށް އެއްވަނަ ޑިވިޝަންގެ އުންމީދު

ގްރާންޑޭގެ ބާރު ކަނޑުވާލުމަށްފަހު ބުރަށް އެއްވަނަ ޑިވިޝަންގެ އުންމީދު

27 އޯގަސްޓް 2022

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފްގައި މިރޭ، ބުރު ސްޕޯޓްސް އިން ދަ ގްރާންޑޭ ސްޕޯޓްސް ކަލްބް ބަލި 3-1 ބަލި ކުރުމަށް ފަހު ފުރަތަމަ ޑިވިޝަނަށް ވަނުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފްގައި މިރޭ، ބުރު ސްޕޯޓްސް އިން ދަ ގްރާންޑޭ ސްޕޯޓްސް ކަލްބް ބަލި 3-1 ބަލި ކުރުމަށް ފަހު ފުރަތަމަ ޑިވިޝަނަށް ވަނުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ލީގު އުސޫލުން ކުޅޭ ރެލިގޭޝަންގެ ޕްލޭއޮފުން، ދިވެހި ލީގުން ޖާގަ ލިބޭނީ އެންމެ ގަދަ ދެ ޓީމަށެވެ، ލީގުގެ ފުލަށް ދިޔަ ދެ ޓީމާއި ދެވަނަ ޑިވިޝަންގެ ގަދަ ދެ ޓީމު ކުޅޭ ލީގު ބުރުގެ އެއްވަނައިގައި މިހާރު އޮތީ ހަތަރު ޕޮއިންޓާއެކު އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ދެވަނައިގައި މިހާރު އޮތީ މިރޭ ގްރާންޑޭ އަތުން ހޯދި މޮޅާއެކު ތިން ޕޮއިންޓް ލިބުނު ބުރު ސްޕޯޓްސް އެވެ.

މިއަދު ހަވީރު ސަސް އާއި ދެވަނަ ޑިވިޝަންގެ ރަނަރަފް ޓީނޭޖު ބައްދަލު ކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޓީނޭޖަށް މިހާރު ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ގްރާންޑޭ އާ ދެކޮޅަށް ކުޅުނު މެޗު 2-2 ން އެއްވަރު ކޮށްފަ އެވެ. ގްރާންޑޭ އަޮތީ އެއް ޕޮއިންޓާއެކު ގުރޫޕް ފުލުގަ އެވެ. އެ ޓީމަށް ސަލާޟަތް ވުމުގެ އަމިއްލަ ބާރެއް ނެތެވެ.

އެ ޓީމުން ޖެހޭނީ ފަހު މެޗުގައި ސަސްގެ ކޮޅަށް ތިން ލަނޑަށް ވުރެ އިތުރަށް ޖަހައި އަދި ބައިކޮޅަށް އިތުރު ލަނޑެއް ނުވަދެ މެޗު ފުރިހަމަ ކުރާށެވެ. އަދި ބުރު އާއި ޓީނޭޖު ކުޅޭ މެޗު އެއްވަރު ވެގެން ނިމިއްޖެނަމަ ލަނޑުގެ ތަފާތުން ދެވަނައިގައި ގްރާންޑޭ އަށް ކުރިއަށް ދެވޭނެ އެވެ.

އެކަމަކު އަމިއްލަ ބާރު ނެތުމުން ކުރިއަށް ދިއުމުގެ ދޮރު އެ ޓީމަށް ވަނީ މުޅިންހެން ބަންދުވެފަ އެވެ. މިދިޔަ އަހަރު ތިންވަނަ ޑިވިޝަން އަދި މިއަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަކްން ހޯދި ބުރަށް މިހާރު ފުރަތަމަ ޑިވިޝަނަށް ވަނުމުގެ އުންމިދު ވަނީ ބޮޑު ވެފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރު ސްޕޯޓްސް އަށް ލިޑް ނަގައިދިނީ ޖުމައިލް ޖަމީލް އެވެ. އެކަމަކު ދެވަނަ ހާފަށް ނުކުމެ އެ ހާފުގެ ކުރީ ކޮޅު ގްރާންޑޭގެ ހޫގޯ ނިކޮލަސް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ނަތީޖާ ހަމަހަމަ ކޮށް އޮތީ 10 މިނެޓެއް ހާއިރު އެވެ. މެޗުގެ 64 ވަނަ މިނެޓްގައި އަހުމަދު ވިސާމް ބުރަށް އަލުން ލީޑް ނަގައިދިނެވެ. އެ ޓީމުގެ ތިންވަނަ ލަނޑު 83 ވަނަ މިނެޓްގައި ޖެހީ ސްޓެފަން ޑުރިޗް އެވެ.