Roadha Mihaaru
ގްރާންޑޭ ރެލިގޭޓްކޮށްލުމަށް ފަހު ސަސް ޓޮޕް ޑިވިޝަންގައި

ގްރާންޑޭ ރެލިގޭޓް ކޮށްލުމަށްފަހު ސަސް އެއްވަނަ ޑިވިޝަންގައި ދަމަހައްޓައިފި

30 އޯގަސްޓް 2022

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފް ބުރުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-0 ބަލިކޮށް އެ ޓީމު ރެލިގޭޓް ކޮށްލުމަށް ފަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެއްވަނަ ޑިވިޝަންގައި މަގާމު ދަމަހައްޓައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފް ބުރުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-0 ބަލިކޮށް އެ ޓީމު ރެލިގޭޓް ކޮށްލުމަށް ފަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެއްވަނަ ޑިވިޝަންގައި މަގާމު ދަމަހައްޓައިފި އެވެ.

ސަސް ވަނީ ލީގު އުސޫލުން ކުޅުނު ރެލިގޭޝަން ޕްލޭއޮފްގެ އެއްވަނަ ހޯދައިގެން، ސެއްވަނަ ޑިވިޝަންގައި ހިފަހައްޓާފަ އޭވެ. އެ ޓީމު ހިތް ޕޮއިންޓް ހޯދި އެވެ. ހަ ޕޮއިންޓް ހޯދައިގެން ބުރު ސްޕޯޓްސް ވަނީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެފަ އެވެ.

މިރޭ ދެވަނ ޑިވިޝަނަށް ވެއްޓުނު ގްރާންޑޭ، ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 2017 ގަ އެވެ. ޖުމުލަ ތިން ސީޒަން ޓޮޕް ޑިވިޝަންގައި އެ ޓީމުން ހޭދަ ކުރި އެވެ.

އޭގެ ތެރެއިން ދެ ސީޒަންގައި އެ ޓީމަށް ކޯޗު ކޮށްދިނީ، މިރޭ އެ ޓީމާ ދެކޮޅަށް ސަސް ގޮވައިގެން ނުކުމެ ހުރި، އިސްމާއީލް މަހްފޫޒު (އިންމަ) އެވެ. ލީގުގެ ފުލުގައި ނިންމާލި ގްރާންޑޭއިންނެވެ. ލީގުގެ ފަހު މެޗުގައި ގްރާންޑޭއިން ސަސް ބަލި ކުރި ނަމަވެސް އެ ޓީމަށް މިރޭ އެކަށޭނެ ކުޅުމެއް ނުދެއްކުނެވެ.

ދެވަނަ ހާފުގެ ބޮޑު ބައެއް ކުޅުނީ ބޯ ވިއްސާރައިގެ ތެރޭގަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭގެ ކުޅުނު މެޗުގައި ދެ ލަނޑު ވެސް ސަސް އިން ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 74 ވަނަ މިނެޓްގައި މުހައްމަދު ޝަހާއު ދިން ބޯޅައިން ލަނޑު ޖެހީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. އޭގެ ހަތަރު މިނެޓް ފަހުން ދިން ބޯޅަ އަކުން މިޑްފީލްޑާ އަހުމަދު އައިހަމް އެވެ.

ސަސްގެ މި ސީޒަން އެ ޓީމުން ނިންމާލީ ބިދޭސީ އެއް ވެސް ކުޅުންތެރިޔެއްގެ އެހީ އާ ނުލަ އެވެ.