Roadha Mihaaru
ލީބިޔާގައި އަނެއްކާ ވެސް ހަނގުރާމައެއްގެ ބިރު

ލީބިޔާގައި އަނެއްކާ ވެސް ހަނގުރާމައެއްގެ ބިރު

28 އޯގަސްޓް 2022

ލީބިޔާގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ދެ ޖަމާއަތުގެ މެދުގައި އިއްޔެ މެންދުރު ފެށުނު ހަމަލާ ބަދަލުކުރުންތަކުގައި މަދުވެގެން 23 މީހަކު މަރުވެ 160 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ އެކު، އެ ގައުމުގައި އަނެއްކާ ވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

ހަމަލާތައް ބަދަލުކުރެވުނީ، ވެރިރަށް ޓްރިޕޮލީގައި ގާއިމުކޮށްފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ސިފައިންނާއި، އެ ގައުމުގެ އިރުމަތީ ސަރަހައްދުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ސިފައިންނާ ދެމެދުގަ އެވެ. ވިލާތުގެ ގައުމުތަކުންނާއި އދ. މަޖިލީހުން ބަލައިގެންފައިވަނީ، ބޮޑުވަޒީރު އަބްދުލްހަމީދު އައްދުބައިބާގެ ވެރިކަމުގައި އޮތް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެވެ.

އިރުމަތީ ސަރަހައްދުގައި، ބޮޑުވަޒީރު ފަތުހީ ބަޝާޣާގެ ވެރިކަމުގައި އުފައްދާފައި އޮތް ސަރުކާރު ހިންގަނީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތާއީދު ލިބިގެންނެވެ. އޭގެ އިތުރުން، އިރުމަތީ ސަރަހައްދުގައި ނުފޫޒު ގަދަ ކުރީގެ ޖެނެރަލް ޚަލީފާ ހަފްތަރާއި އޭނާ އަށް ވަފާތެރި ހަނގުރާމަވެރިން ވެސް ތާއީދު ކުރަނީ ބޮޑުވަޒީރު ފަތުހީ ބަޝާޣާގެ ސަރުކާރަށެވެ. މި ދެ ސަރުކާރުން ވެސް ދެކޭ ގޮތުގައި އަނެއް ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެކެވެ.

އޮގަސްޓް 27، 2022: ލީބިޔާގެ ދެ ސަރުކާރުގެ ހަނގުރާމަވެރިންގެ މެދުގައި ހިނގި ކުރިމަތިލުންތައް ކުރިއަށް ދިޔަ ވަގުތު، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް ނިސްބަތްވާ ހަނގުރާމަވެރިންތަކެއް އުޅަނދެއްގައި ދަތުރުކުރަނީ. --އޭއެފްޕީ

އިއްޔެގެ ކުރިމަތިލުންތައް ފެށުނީ، ވެރިރަށް ޓްރިޕޮލީގެ މަގަކުން ދުއްވާފައި ދިޔަ، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ސިފައިންގެ އުޅަނދުތަކަކަށް، އިރުމަތީ ސަރުކާރުގެ ސިފައިންގެ ބަޔަކު ހަމަލާ ދިނުމުންނެވެ. އެ ހަމަލާތައް ދިން އިރު، އިރުމަތީ ސަރުކާރުގެ އިތުރު ސިފައިންތަކެއް ވެރިރަށް ޓްރިޕޮލީގެ ރަށްބޭރު ސަރަހައްދަކަށް ޖަމާވެފައި ތިއްބެވެ.

ހަމަލާ ބަދަލުކުރަން ފެށުމާ އެކު، ރަށްބޭރުގައި ތިބި އިރުމަތީ ސަރުކާރުގެ ސިފައިން ޓްރިޕޮލީ އަށް ވަދެގަނެ، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ސިފައިންނަށް ހަމަލާ ދޭން ފެށި އެވެ. ބޮޑުވަޒީރު ފަތުހީ ބަޝާޣާ ވިދާޅުވާ ގޮތުގައި ދާޚިލީ ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން، ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު އެކުލަވައިލި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު މިހާރު ވަނީ މުއްދަތު ހަމަވެގެން އުވިފަ އެވެ.

އެހެންކަމުން، ގާނޫނު ހަދާ މަޖިލީހުގެ ތާއީދާއެކު އެކުލަވާލާފައި އޮތް ސަރުކާރާ ވެރިކަން ހަވާލު ކުރުމަށް ފަތުހީ ބަޝާޣާ ގެންދަވަނީ ގޮވައިލައްވަމުންނެވެ. ނަމަވެސް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ހިންގާ ބޮޑުވަޒީރު ދުބައިބާ ވިދާޅުވަމުން ގެންދަވަނީ، ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކަށް މެނުވީ ވެރިކަމުގެ ބާރުތައް ނުދެއްވާނެ ކަމަށެވެ.

އޮގަސްޓް 27، 2022: ލީބިޔާގެ ދެ ސަރުކާރުގެ ހަނގުރާމަވެރިންގެ މެދުގައި ހިނގި ކުރިމަތިލުންތައް ކުރިއަށް ދިޔަ ވަގުތު، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް ނިސްބަތްވާ ހަނގުރާމަވެރިންތަކެއް އުޅަނދެއްގައި ދަތުރުކުރަނީ. --އޭއެފްޕީ

އޮގަސްޓް 27، 2022: ލީބިޔާގެ ދެ ސަރުކާރުގެ ހަނގުރާމަވެރިންގެ މެދުގައި ހިނގި ކުރިމަތިލުންތައް ކުރިއަށް ދިޔަ ވަގުތު، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް ނިސްބަތްވާ ހަނގުރާމަވެރިންތަކެއް އުޅަނދެއްގައި ދަތުރުކުރަނީ. --އޭއެފްޕީ

އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ވެރިރަށް ޓްރިޕޮލީގައި ހުރި އެތައް ހޮސްޕިޓަލަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ އިތުރުން އާންމުން ދިރިއުޅޭ އެތައް އިމާރާތަކަށް ބޮޑެތި ގެއްލުންތައް ލިބި، މަގުތަކުގައި ހުރި އެތައް އުޅަނދުތަކެއްގައިވަނީ ހުޅު ޖަހައި އަންދާލައިފަ އެވެ.

ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް، ނޭޓޯގެ މަދަދާ އެކު އެ ގައުމުގެ އިދިކޮޅު ސިޔާސީ ބޭފުޅުން 2011 ވަނަ އަހަރު ފެއްޓެވި މުޒާހަރާތައް މުޅި ގައުމަށް ފެތުރި، ގައްޒާފީގެ ވެރިކަން ވެއްޓުމާއެކު، ލީބިޔާ ވަނީ ދާޚިލީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފަ އެވެ. އެމެރިކާ އާއި ނޭޓޯގެ ސިފައިން ލީބިޔާ އަށް އަރައި ކުރި ހަނގުރާމައިގައި، ގައްޒާފީ އަވަހާރަކޮށްލީ އޮކްޓޫބަރު 20، 2011ގަ އެވެ.

ގައްޒާފީގެ ވެރިކަމުގެ ދުވަސްވަރު ލީބިޔާއަކީ، އެފްރިކާގެ އެންމެ މުއްސަނދި އެއް ގައުމެވެ. ގައްޒާފީގެ ވެރިކަމުގައި ލީބިޔާގެ ރައްޔިތުންނަށް ތައުލީމާއި ސިއްހީ ޚިދުމަތް ހިލޭ ފޯރުކޮށްދިނެވެ. ނަމަވެސް ގައްޒާފީގެ ވެރިކަމަށް ފަހު ދާޚިލީ ހަނގުރާމަ ފެށުމާއެކު، ލީބިޔާގެ ދިރިއުޅުމުގެ ޚަރަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.