29 އޯގަސްޓް 2022
ސަރުކާރުގެ ތަރުޖަމާނުގެ މަގާމު ފުރުއްވި މުހައްމަދު މަބްރޫކް އަޒީޒް އާއްމުންގެ މަގްބޫލްކަން ހޯއްދެވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ކޮވިޑުގެ އެންމެ އުނދަގޫ ހާލަތުގައި އޭނާވީ އާއްމުންނާ ކޮންމެ ދުވަހަކު ބައްދަލުވި މޫނަކަށެވެ. މި އެރުމަށް ފަހު، އޭނާގެ ސިޔާސީ ކުރިމަގާ މެދު މިދިޔަ ބުދަދުވަހު އިސްތިއުފާ ދެއްވުމާ ހަމައަކަށް ސުވާލެއް ނެތެވެ.
ސަރުކާރުގެ ތަރުޖަމާނުގެ މަގާމު ފުރުއްވި މުހައްމަދު މަބްރޫކް އަޒީޒް އާއްމުންގެ މަގްބޫލްކަން ހޯއްދެވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ކޮވިޑުގެ އެންމެ އުނދަގޫ ހާލަތުގައި އޭނާވީ އާއްމުންނާ ކޮންމެ ދުވަހަކު ބައްދަލުވި މޫނަކަށެވެ. މި އެރުމަށް ފަހު، އޭނާގެ ސިޔާސީ ކުރިމަގާ މެދު މިދިޔަ ބުދަދުވަހު އިސްތިއުފާ ދެއްވުމާ ހަމައަކަށް ސުވާލެއް ނެތެވެ.
އަދާކުރެއްވި މުހިއްމު ޒިންމާއިން އެއްފަރާތްވެވަޑައިގަތީ ހަމަ ކުއްލިއަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމުމަކާ ގާތްވެ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި ދުރަށް ވަޑައިގަތުމުގައި އޭނާ ދައްކަވަން އެއްވެސް ސަބަބެއް ނެތެވެ. އިސްތިއުފާގެ ޓުވީޓުގައި ދޫކޮށްލެއްވީ އެކަމާ މެދު ސުވާލެއް ނުއުފެއްދޭހާ ހިތްހަމަޖެހިވަޑައިގަތުމާ އެކު މަގާމް ދޫކޮށްލެއްވި ކަމުގެ ޔަގީންކަމެވެ.
ސަރުކާރުގެ އެހާ އިސް މަގާމެއް ދޫކޮށްލެއްވި ސަބަބާ ގުޅޭ ގޮތުން މަބްރޫކްގެ މާ ގިނަ ވާހަކަތަކެއް ނެތެވެ. ހަމައެކަނި ޖަވާބަކަށްވީ "މިވަގުތަށް ފަހަތަށް ޖެހިލީ" ކަމަށެވެ. އަނެއްކާވެސް އޭނާގެ "މެރާކީ" ކޮފީގައި އުޅުއްވަމުން މިހާރު ކުރައްވާ ކަމަކީ, ދެން ކުރިއަށްދާންވީ ގޮތަކާ މެދު ވިސްނެވުމެވެ.
ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
"ކޮފީއަކީ ދެން އަބަދުވެސް ޕެޝަންއެއް. އޮފީހުގައި އުޅޭއިރު ވެސް ވަކި ވަރަކަށް ސްޓްރެސްވެލާފައި އެކަމުން ދުރަށް ދާން މެރާކީއަށް ގޮސް ކޮފީ ހަދަނީ. ދެން މިހާރު މާ ގިނަ ވަގުތު މިކަމަށް ހުސްކުރެވޭނެ," މަބްރޫކް ވިދާޅުވި އެވެ.
"ކޮވިޑް ތެރޭގަ އާއި އޭގެ ފަހުން މިވީ ދުވަސްކޮޅު ބިޒްނަސްއެއްގެ ގޮތުގައި ވަރަށް ވީކްވެފައި އޮތީ މެރާކީ. އެކަމަކު މިފެށުމާ އެކު މިކަމަށް މުޅިން ހުސްވީއެއް ވެސް ނޫން."
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަބްރޫކް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
މަބްރޫކް ވިދާޅުވި ގޮތުގައި އޭނާއަށް މިހާރު ބޭނުންވަނީ ކުރިއަށްދާންވީ ގޮތަކާ މެދު ވިސްނަން ވަގުތުކޮޅެކެވެ.
އޭނާ ރައީސް އޮފީހާ ގުޅިވަޑައިގަތީ ކޮމިއުނިކޭޝަންސް ހެޑަކަށެވެ. ކޮވިޑަށް ފަހު ސަރުކާރުގެ ސްޕޯކްސް ޕާސަންގެ މަގާމާ ހަވާލުވެވަޑައިގެން ނޫސްވެރިންގެ ހުއްޓުމެއް ނެތް ސުވާލުތަކަށް 24 ގަޑިއިރު ޖަވާބު ދެއްވަން އިސްކަން ދެއްވި އެވެ. މިއީ އޭނާ ވިދާޅުވި ގޮތުގައި ވަރަށް ކުރާ ހިތުން ކުރެއްވި ކަމެކެވެ.
"އެއްވެސް ހުސް ވަގުތެއް ނެތް، އެކަމުގައި އުޅުނީ ވަރަށް ކުރާ ހިތުން, އެންމެ ރަނގަޅަށް ކުރެވޭތޯ ވެސް ބެލިން," މަބްރޫކް ވިދާޅުވި އެވެ.
"އެއާ އެކު ވެސް މިވަގުތަށް ފެނުނީ ފަހަތަށް ޖެހިލުން މުހިއްމު ކަމެއްގެ ގޮތަށް."
މަބްރޫކް އޭނާގެ "މެރާކީ" ކޮފީ ޝޮޕްްގައި -- ފޮޓޯ: މިލްކް އެންޑް ޔޯކް
ޕޮލިޓިކަލް ސައިންސްގެ ރޮނގުން ކިޔަވާ ވިދާޅުވި މަބްރޫކް، ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން އަޑުއުފުލައި ޒުވާނުންނަށް ސިޔާސީ މޭޒަށް، ސިޔާސަތު ކަނޑައެޅުމާ ހަމައަށް އާދެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ވިސްނުން އަބަދުވެސް ކުރިއަށް ނެރުއްވަ އެވެ. މި ވިސްނުން އޭނާ އަދިވެސް ދޫކޮށެއް ނުލައްވަ އެވެ. އޭނާގެ ތަފާތަކީ އަބަދުވެސް އުސޫލްތަކެއްގައި ހިފެހެއްޓެވުމެވެ.
މަބްރޫކް ވިދާޅުވާ ގޮތުގައި އޭނާ ގެއްލުނީކީއެއް ނޫނެވެ. އަދިވެސް ފެންނާނެ އެވެ.
މަބްރޫކް އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއުވާން
ނ.އަތޮޅުގެ 5 ރަށަކަށް މާދަމާ ރައީސް ވަޑައިގަންނަވަނީ
ބަޖެޓާ ގުޅޭ ގޮތުން ރައީސް މެންބަރުންނާ ބައްދަލުކޮށްފި
ދައްޕަރު ފިއްލަދޫގެ ބަޔަކަށް ހަދަން ރައީސް ނިންމަވައިފި
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމެއް އަންނަނީ
މި ދައުރުގެ ތެރޭގައި ޖޭއެސްސީ ބަދަލުކުރާނެ: މަބްރޫކް
ސުކޫކް ވިއްކަން ސްކޫލުތައް ވެސް އެސެޓެއްގެ ގޮތުގައި
އުތުރުގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވަނީ
ދެބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިފި
ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމައެއްނުޖެހޭ