Roadha Mihaaru
ޓީނޭޖުން ރެފްރީއާ ދިމާކުރުމުން މެޗު ހުއްޓާލައިފި

ޓީނޭޖުން ރެފްރީއާ ދިމާކުރުމުން މެޗު ހުއްޓާލައިފި

30 އޯގަސްޓް 2022

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފްގައި މިއަދު ހަވީރު، ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ކްލަބް ޓީނޭޖުގެ އޮފިޝަލ؛ުން ރެފްރީއާ ދިމާކޮށް ހިނގާ ދިޔަ ކަންކަމަށް ފަހު މެޗު ކުރިއަށް ނުގެންދެވުމުން މެޗު ފުރިހަމަ ނުކޮށް ހުއްޓާލަން ޖެހިއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފްގައި މިއަދު ހަވީރު، ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ކްލަބް ޓީނޭޖުގެ އޮފިޝަލ؛ުން ރެފްރީއާ ދިމާކޮށް ހިނގާ ދިޔަ ކަންކަމަށް ފަހު މެޗު ކުރިއަށް ނުގެންދެވުމުން މެޗު ފުރިހަމަ ނުކޮށް ހުއްޓާލަން ޖެހިއްޖެ އެވެ.

މެޗުގެ 90 މިނެޓް ހަވަމަވާން، ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ރެފްރީގެ ނިންމުމަކާ ހެދި ޓީނޭޖުގެ ކުޅުންތެރިންގެ ހިތްހަމަނުޖެހުން ފެނުނެވެ. އެ ވަގުތު މެޗުގެ ރެފްރީ ވަނީ ދަނޑުގެ ޓަޗު ލައިން ކައިރީގައި ހުރި ބަދަލު ރެފްރީއާ މަޝްވަރާ ކުރަން ގޮސްފަ އެވެ. އަލުން މެޗު ފެށުމަށް ރެފްރީ ދަނޑަށް އެރުމުން ވެސް ޓީނޭޖުގެ ކުޅުންތެރިން ވަނީ ބުރުގެ ކުޅުންތެރިން ފައުލު ކުރި ކަމަށް ބުނެ އެޕީލް ކޮށްފަ އެވެ.

ދެވަނަ ފަހަރަށް ބަދަލު ރެފްރީ އާ މަޝްވަރާ ކުރަން ރެފްރީ ދިއުމުން ޓީނޭޖުގެ ބެންޗުގައި ހުރި އޮފިޝަލަކު ވަނީ ބެންޗުން ނުކުމެ ރެފްރީ އާ ދިމާކޮށް ރެފްރީ ފަހަތުން ދުވެފަ އެވެ. އޮފިޝަލް ހުއްޓުވަން ޓީނޭޖުގެ ބައެއް ކުޅުންތެރިން ވެސް މަސައްކަތް ވެސް ކުރި އެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލުގައި ވެސް ބުރު އަތުން ބަލިވި ޓީނޭޖުގެ ކުޅުންތެރިން ދަނޑުން ފޭބި އެވެ. އެކަމަކު ބުރުގެ ކުޅުންތެރިން ދަނޑު މަތީގައި ތިއްބެވެ. އަލުން ދަނޑަށް ނުކުންނަށް ޓީނޭޖުން ބޭނުން ނުވުމުން މެޗު އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މެޗުގެ 86 ވަނަ މިނެޓްގައި މެޗު ހުއްޓާލިރު ބުރު އޮތީ 3-1 ލީޑްގަ އެވެ. އެ ނަތީޖާ އާއެކު މެޗު ނިމިއްޖެނަމަ ބުރު ސްޕޯޓްސް ފުރަތަމަ ޑިވިޝަނަށް ވަންނާނެ އެވެ. މެޗު ކުރިއަށް ނުގެންދަން ނިންމި ފަހުން ބުރުގެ ޓީމުން ވަނީ ދަނޑު މަތީގައި އުފާފާޅު ވެސް ކޮށްފަ އެވެ.

މެޗާ މެދު ނިންމާނެ ގޮތެއް، އެފްއޭއެމްގެ ކަމާ ގުޅޭ ކޮމިޓީން މިރޭ ކަނޑައަޅާނެ އެވެ. މިރޭ 8 ޖަހާއިރު ކޮމިޓީ ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ރެފްރީގެ ނިންމުމާ މެދު ޓީނޭޖުން އެންމެ ބޮޑަށް ނުރުހުނީ، ފުރަތަމަ ހާފުގެ ފަހު ވަގުތު އެ ޓީމުން އުފެއްދި ހަމަލާއެއް ބުރުގެ ގޯލަށް ވަނުމުގެ ކުރިން ފުރަތަމަ ހާފު ނިންމާލި ކަމަށް ރެފްރީ ކަށިގަނޑު ފުމުމުންނެވެ. ޓީނޭޖުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ.

މިއަދުގެ މެޗުގައި ބުރުން ނަތީޖާ ބަދަލު ކުރީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް ބުރުން ނެވެ. ފަސް ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ޖެހީ ބިދޭސީ ފޯވާޑް އަހުމަދު ގަބައްލާ މުހައްމަދެވެ. މިރްޖަލާލް އޭރިއާގެ އަރިމަތިން އޭރިއާގެ ބޭރުން ނެގި ހުރަސް މުޅިން ހުސްކޮށް ހުރެ ގަބައްލާ ވަނީ ބޮލުން ގޯލްގެ މަތީ ކަނަށް ވައްދައިލައިފަ އެވެ.

ޓީނޭޖުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 19 ވަނަ މިނެޓްގައި ބުރުގެ އަހުމަދު ނުހާދު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޓީނޭޖުގެ މުހައްމަދު ނާޖިހް ބުރުގެ އޭރިއާ ތެރެއަށް ދިން ބޯޅަ ޓީނޭޖުގެ ކުޅުންތެރިޔަކު ފޮނުވާލުމުގެ ކުރިން ނުހާދުގެ ފައިގައި ޖެހިފައި ގޮސް ވަނީ ބައިކޮޅަށެވެ.

ދެވަނަ ހާފުގެ 74 ވަނަ މިނެޓްގައި ބުރަށް ލީޑް ނަގައިދިނީ އަހުމަދު ރަޝީދު )އަންމަޑޭ( އެވެ. އަދި އޭގެ ތިން މިނެޓް ފަހުން އަންމަޑޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފުލާ ކޮށްފަ އެވެ.

ރެލިގޭޝަންގެ ފަހު މެޗުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަ ކުރާނެ އެވެ. ލީގު އުސޫލުން ކުލޭ ރެލިގޭޝަންގެ ބުރުން އަންނަ އަހަރު ދިވެހި ލީގުން ޖާގަ ލިބޭނީ ގަދަ ދެ ޓީމަށެވެ.