Roadha Mihaaru
މެޗު އިތުރަށް ނުކުޅޭނެ، ބުރު އެއްވަނަ ޑިވިޝަނަށް

މެޗު އިތުރަށް ނުކުޅޭނެ، ބުރަށް އެއްވަނަ ޑިވިޝަންގެ ޖާގަ ޔަގީންވެއްޖެ

30 އޯގަސްޓް 2022

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގައި މިއަދު، ކްލަބް ޓީނާޖާއި ބުރު ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ހިނގާދި ކަންތައްތަކާ ގުޅިގެން ހުއްޓާލި މެޗު އަލުން ނުކުޅެން ނިންމުމުން ބުރު އެއްވަނަ ޑިވިޝަނަށް ކޮލިފައި ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގައި މިއަދު، ކްލަބް ޓީނާޖާއި ބުރު ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ހިނގާދި ކަންތައްތަކާ ގުޅިގެން ހުއްޓާލި މެޗު އަލުން ނުކުޅެން ނިންމުމުން ބުރު އެއްވަނަ ޑިވިޝަނަށް ކޮލިފައި ވެއްޖެ އެވެ.

މެޗުގެ 90 މިނެޓް ހަމަވާން ބާކީ ތިން މިނެޓަށް ވެފައި ވަނިކޮށް މެޗު ހުއްޓާލަން ޖެހުނީ، މެޗުގެ 87 ވަނަ މިނެޓްގައި ޓީނޭޖުގެ އޮފިޝަލަކު މެޗުގެ ރެފްރީއާ ދިމާކޮށް ހަމަލާ ދޭން އުޅުމުންނެވެ.

މެޗު އިތުރަށް ކުރިއަށް ނުގެންދަން ނިންމުމަށް ފަހު މުބާރާތުގެ އިމަޖެންސީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު ނިންމި ގޮތާ ބެހޭގޮތުން އެފްއޭއެމް ނެރުނު ބަޔާނުގައި ބުނީ މެޗު ކުރިއަށް ގެންދެވޭނެ ހަލަތެއް ނެތް ކަމަށް މެޗުގެ އޮފިޝަލުން މެޗު ކޮމިޝަނަރަށް އެނގި ކަމަށެވެ. މެޗު ފުރިހަމަ ނުކުރެވުނީ ޓީނޭޖުގެ އިހުމާލުން ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.

މެޗުގެ ބާކީ ތިން މިނެޓް ކުޅެވޭނެ ހާލަތެއް ނެތް ކަމަށް ރެފްރީން ފާހަގަ ކުރިީ ޓީނޭޖުގެ އޮފިޝަލު ރެފްރީ އަށް ހަމަލާ ދިނުމުންނާއި ރެފްރީގެ ނިންންތަކާ މެދު ތަކުރާރުކޮށް ނުރުހުން ފާޅު ކުރަމުން ދާތީ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެފްއޭއެމުން އާންމު ކުރި މެޗު ރިޕޯޓްގައި ޓީނޭޖު މޮޅުވި ކަމަށް ނިންމީ މެޗު ހުއްޓާލިއރު އޮތް ނަތީޖާ، 3-1 ންނެވެ. އަދި މެޗުގެ ހިނގާދިޔަ ޑިސްޕލިނަރީ މައްސަލަތައް ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިއަދުގެ މެޗުގައި ބުރުން ނަތީޖާ ބަދަލު ކުރީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް ބުރުން ނެވެ. ފަސް ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ޖެހީ ބިދޭސީ ފޯވާޑް އަހުމަދު ގަބައްލާ މުހައްމަދެވެ. ޓީނޭޖުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 19 ވަނަ މިނެޓްގައި ބުރުގެ އަހުމަދު ނުހާދު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ދެވަނަ ހާފުގެ 74 ވަނަ މިނެޓްގައި ބުރަށް ލީޑް ނަގައިދިނީ އަހުމަދު ރަޝީދު (އަންމަޑޭ) އެވެ. އަދި އޭގެ ތިން މިނެޓް ފަހުން އަންމަޑޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފުލާ ކޮށްފަ އެވެ.

ލީގު އުސޫލުން ކުލޭ ރެލިގޭޝަންގެ ބުރުން އަންނަ އަހަރު ދިވެހި ލީގުން ޖާގަ ލިބޭނީ ގަދަ ދެ ޓީމަށެވެ. ދެވަނަ ޖާގަ އާ އެންމެ ގާތުގައި އޮތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.