Roadha Mihaaru
ގެދޮރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫއު ކުޅުދުއްފުށީގައި!

ގެދޮރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫއު ކުޅުދުއްފުށީގައި!

31 އޯގަސްޓް 2022

މާލެ އިން ބޭރުގައި މި ސަރުކާރުން ފޯރުކޮށްދޭ ހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ހދ. ކުޅުދުއްފުށީގައި ފެށުމަށްޓަކައި ބޭނުންވާ ބިން އެ ރަށު ސިޓީ ކައުންސިލުން ކޮންޓްރެކްޓަރުންނާ މިއަދު ހަވާލުކޮށްފި އެވެ.

އެ ކައުންސިލުން ބުނީ، 439 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ކޮންޓްރެކްޓަރުން ކަމަށްވާ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި ޗައިނާގެ އާރުޑީ23 މެތޮލޮޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑާ މިހާރު ޕްރޮޖެކްޓް ސައިޓް ހަވާލު ކޮށްފައިވާ ކަމަށެވެ.

"މި މަޝްރޫއަކީ ގްރޭޓަ މާލެ އިން ބޭރުގައި ދިވެހިރާއްޖޭގެ ރަށެއްގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ ގެދޮރުވެރިކަމުގެ މަޝްރޫއު،" ކުޅުދުއްފުށި ކައުންސިލުން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 11 ބުރީގެ ފަސް ޓަވަރުގައި 1،000 އަކަ ފޫޓުގެ ޖާގައިގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިންރޫމާއި ބަދިގެ އާއި ލޯންޑަރީ އަދި ސްޓޯރު ރޫމު ހިމެނޭނެ ކަމަށް ކައުންސިލުން ބުނެ އެވެ. ޖުމުލަ 400 އެޕާޓްމަންޓް ހަދާއިރު، ކޮންމެ އެޕާޓްމަންޓަކަށް ހާއްސަ ސައިކަލް ޕާކިން ޖާގައެއް ވެސް ދޭނެ ކަމަށް ބުންޏެވެ.

އެ އެޕާޓްމަންޓުތަކުގެ މަސައްކަތް ދެ ކޮންޓްރެކްޓަރުން ނިންމަން ޖެހެނީ 540 ދުވަހުންނެވެ.