ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
20 ފެބުރުއަރީ 2022
ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަމުން އަންނަ ކަމަށާއި އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.
މި ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަންނަ މާޗު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް މި ފައިސާ ބަލައިގަންނާނީ މިނިސްޓްރީގެ ބަންޑޭރި ޕޭ މެދުވެރިކޮށެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީއަކީ 2.1 މިލިއަން ރުފިޔާ ކަމަށް ވާއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާ ކުޅުދުފުއްޓަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގައި 1،400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން 400 ޔުނިޓް އަޅަން ބަޔަކު ހޯދަން އިއުލާން ކުރިއިރު، މި އަހަރުގެ ބަޖެޓްގައި ވެސް އެކަން ހިމަނާފައިވެ އެވެ. އަދި ބާކީ 1،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރުމަށް ބޭރުގެ ބަޔަކާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ތިނަދޫގެ 200 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލަނީ
ޕޯޓަލް މިނިސްޓްރީއަށް ދީފި،އެކަމަކު އަދިވެސް ނުވަދެވޭ!
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
4،000 ފްލެޓް ދޫކުރުމުގެ ތަފުސީލު އަންނަ ހަފުތާގައި
4،000ފްލެޓް ދޫކުރުން ކުރިއަށް ގެންދަން ހުއްދަ ދީފި
ގޯތި ރަޖިސްޓަރީ އާއި ބިން ހަވާލުކުރަން ފަށައިފި
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފްލެޓް ނުލިބިގެން އަޑުގަދަ ކުރީ 10 މީހުން: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުލި ކުޑަކޮށްފި