ދުނިޔެ ހޫނުވުމާ ގުޅިގެން މެދުވެރިވާ ތިމާވެށީގެ ހުރިހާ މައްސަލަތަކެއް ވެސް، މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގައި ގޯހުން ގޯހަށް ގޮސްފައިވާ ކަމަށް، އެމެރިކާގެ ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނެފި އެވެ.
ދުނިޔެ ހޫނުވުމާ ގުޅިގެން މެދުވެރިވާ ތިމާވެށީގެ ހުރިހާ މައްސަލަތަކެއް ވެސް، މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގައި ގޯހުން ގޯހަށް ގޮސްފައިވާ ކަމަށް، އެމެރިކާގެ ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނެފި އެވެ.
ކަނޑުތަކާއި ދުނިޔޭގެ ވައިގެ ފަށަލައިގެ ކަންތައް ދިރާސާކުރާ އެ އިދާރާ އިން އިއްޔެ އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި ބިމުގެ ވައިގެ ފަށަލައިގެ ތެރޭގައި ގްރީހައުސް ގޭސް އެކުލެވިފައިވާ މިންވަރާއި، ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު އުފުލޭ މިންވަރާއި ކަނޑުތަކުގެ ހޫނުމިން ވެސް 2021 ވަނަ އަހަރު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ސައެންސްވެރިންނާއި ޕްރޮފެސަރުން ހިމެނޭ އެ އިދާރާ އިން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ވަށައިގެންވާ ކަނޑުތަކުގެ ލޮނުގަނޑު 2020 ވަނަ އަހަރު ހުރި މިންވަރަށް ވުރެ، 2021 ވަނަ އަހަރުވަނީ 4.9 މިލިމީޓަރު އުފުލިފަ އެވެ. މިއީ ކަނޑުގެ ލޮނުގަނޑު ޖެހިޖެހިގެން އުފުލެމުން އަންނަތާ 10 ވަނަ އަހަރެވެ.
(4 of 4) Ocean heat content & global sea levels rose to record highs in 2021 per #StateOfClimate2021 report. Learn more about global climate events & extremes at https://t.co/jCSy8bRMWF @NOAANCEI @ametsoc pic.twitter.com/LmN9jQVJtI
— NOAA (@NOAA) August 31, 2022
އަދި ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު 1993 ވަނަ އަހަރު ރެކޯޑްކޮށް ބަލަހައްޓަން ފެށި ފަހުން، މިދިޔަ އަހަރުގެ ނިޔަލަށް 97 މިލިމީޓަރު އުފުލިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އެންއޯއޭއޭގެ ރިޕޯޓް މި ޝާއިއުކުރީ، ގްރީންލޭންޑްގައި ހުރި ގަނޑުފެންތައް މިހާރު ވިރެމުންދާ ހަލުވިމިނުގެ ސަބަބުން، މިހާރު ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 10 އިންޗި އަށް ކަނޑުގެ ލޮނުގަނޑު ވަރަށް އަވަހަށް އުފުލޭނެ ކަމަށް، ނޭޗާ ކްލައިމެޓް ޗޭންޖް ކިޔާ މަޖައްލާގައި، މިދިޔަ އޮގަސްޓް 29 ގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނިކޮށެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުން ގްރީންލޭންޑްގެ ގަނޑުފެންތައް މިހާރު ވިރެމުންދާ ހަލުވިމިނުގައި ވިރެމުން ދިއުން ހުއްޓުވުމަކީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ ގަނޑުފެންތައް ވިރިގެން ދިއުމުން ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވުމަކީ ވެސް މިހާރުގެ ހާލަތުގައި ކުރެވޭނެ ކަމެއް ނޫނެވެ.
(3 of 4) Dominant greenhouse gases — carbon dioxide, methane & nitrous oxide — reached new record highs in 2021 according to #StateOfClimate2021 report from @ametsoc with research from @NOAANCEI scientists: https://t.co/jCSy8bRMWF pic.twitter.com/OD67zn6sFq
— NOAA (@NOAA) August 31, 2022
އެންއޯއޭއޭގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، އެ ރިޕޯޓްގައި ހުރި މައުލޫމާތުތައް ވަރަށް ސާފެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށާއި، އެ ގެއްލުންތައް ލިބުން ލަސްކުރުމަކީ ވެސް ކުރެވެން ނެތް ކަމެއްކަން، މި ދިރާސާގެ މައުލޫމާތުތަކުން ސާބިތުވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވަމުން އަންނަނީ ކުރިން ލަފާކުރި މިންވަރަށް ވުރެ މާ ނުރައްކާތެރި ގޮތެއްގަ އެވެ. ކަނޑުގެ 1800 ފޫޓު ފުނުން ފެށިގެން ކަނޑުގެ އެންމެ މަތީ ފަށަލައާ ހަމައަށް ލޮނުގަނޑުގެ ހޫނުމިން ދިރާސާކޮށް ބެލިއިރު ވެސް، މިދިޔަ އަހަރުތަކުގައި ލޮނުގަނޑުގެ ހޫނުމިން އައީ މަތިވަމުންކަން ސާބިތުވެ އެވެ. އަދި 2021 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައި ކަމަށް ވެސް އެންއޯއޭއޭގެ ރިޕޯޓްގައިވެ އެވެ.
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން
ހޫނު އެންމެ ގަދަވީ މިދިޔަ 8 އަހަރު: ރިޕޯޓް
ފެހި އިގްތިސާދަށް ސައޫދީން 700 ބިލިއަން ރިޔާލް
ކާބަން ޑައިއޮކްސައިޑް އާދަޔާ ޚިލާފަށް މައްޗަށް
އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް
ތިމާވެށީގެ އާ މުއާހަދާއަކަށް ދުނިޔެ އެއްބަސްވެއްޖެ
ތިމާވެށީގެ ހިމާޔަތުގައި ޗައިނާއާއި އެމެރިކާ އެއްގަލަކަށް
ވައުދުތައް ވިޔަސް އަމާޒަށް ވާސިލުވާން ގާތް ވެސް ނުވޭ
ޗައިނާ އެމެރިކާއަށް: ހުސްއަނގަ ނުތަޅާ އަމަލުން ދައްކާ