މާލޭގައި މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ދޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
04 ސެޕްޓެމްބަރ 2022
މާލޭގައި މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ދޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މިނީ ބަހުގެ ހިދުމަތް މާދަމާ ފަށާއިރު މާލޭގެ ތިން ރޫޓަކުން ދަތުރު ކުރާނެ އެވެ. އެ އިން ކޮންމެ ރޫޓެއްގައި ދަތުރު ކުރާ ބަހެއް ވެސް ބަސް ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ދަތުރެއް ކުރާނެ އެވެ. އެމްޓީސީސީން އެ ހިދުމަތް ފަށާއިރު ކުރިއަށް އޮތް ދެ ހަފްތާގައި ބަހުގެ ހިދުމަތް ދެނީ ހިލޭ އެވެ. އަދި އެއަށްފަހު ބަހަށް އަރާ ކޮންމެ މީހެއްގެ އަތުން 7ރ. ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ބަހުގެ ކިއުއާރް ޓިކެޓް އާރްޓީއެލް ވެބްސައިޓުން އަދި އެފްލިކޭޝަނުން ހޯދޭނެ އެވެ. އާރްޓީއެލް އެފްލިކޭޝަން އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.
އެމްޓީސީސީން ބުނީ އާންމުންގެ އަތުން ޓިކެޓް ނަގަން ފެށި ނަމަވެސް، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށް ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުންޏެވެ.
އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރު ކުރާނެ އެވެ. އަދި މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ އެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރާނެ އެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަހެވެ. މިނީ ބަސްތަކުގައި 20-22 މީހުންނަށް އިޗީންދެގެން އަދި 10 މީހުންނަށް ކޮޅަށް ދަތުރު ކުރެވޭނެ އެވެ.
ބަހުގެ ހިދުމަތް އިތުރަށް ތަރައްގީވާނެ: ރައީސް
ތާރީހީ ދުވަހެއް، މާލޭގައި ބަހުގެ ދަތުރުތައް ފަށައިފި
މިނީ ބަސް ފެށުން: އެތައް ޝަކުވާއެއްގެ ނިމުން؟
މާލޭގައި މިނީބަސް ދަތުރެއްގެ އަގަކަށް ހުށަހެޅީ 5ރ.
މިނީ ބަސް ފަށަން ޕާކިން ޒޯނަށް ބިން ހަމަޖައްސައިދީފި
ސްކޫލު ކުދިންނަށް މާލޭގައި ބަސް ދަތުރު ހިލޭ
ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭގޮތް ހަދަން އެދުނު
މިނީ ބަސްތައް ވާނީ ވަރަށް ބޮޑު ފަސޭހައަކަށް: އާޒިމް
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
އަންނަ އަހަރު ދަތުރުކުރާނީ ރީތި ބަސްތަކެއްގައި: އާޒިމް