މާލޭގައި ބަހުގެ ހިދުމަތް 11 އަހަރަށް ފަހު އަނެއްކާވެސް ދޭން ފަށައިފި އެވެ.
05 ސެޕްޓެމްބަރ 2022
މާލޭގައި ބަހުގެ ހިދުމަތް 11 އަހަރަށް ފަހު އަނެއްކާވެސް ދޭން ފަށައިފި އެވެ.
އެ ހިދުމަތް ފެށީ، ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުންނެވެ.
އެމްޓީސީސީން ބުނީ، އެ ކުންފުނީގެ މިނީ ބަހުގެ ޓެސްޓު ދަތުރުތައް ދެ ހަފުތާ އަށް ކުރިއަށް ގެންދާނެ ކަމަށާއި އެ މުއްދަތުގައި ބަހުގައި ދަތުރުކުރާ މީހުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.
ޓެސްޓް ދަތުރުތަކަށް ފަހު، ކުރާ ދަތުރުގެ އަގަކީ ކޮޅަކަށް 7ރ. އެވެ ނަމަވެސް، ތިން އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން އަދި ސްކޫލް ކުދިން ޔުނީފޯމުގައި އަބަދުވެސް ހިލޭ ދަތުރުކުރެވޭނެ އެވެ.
މިނީ ބަހުގެ ދަތުރުތައް ފެށުމުގެ ފުރަތަމަ ބުރުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެ ކުންފުނީގެ ބައެއް އެހެން އިސްވެރިންނާއި ބައެއް މުވައްޒަފުން ބައިވެރިވި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުން ---ފޮޓޯ: ނިޝާން އަލީ | މިހާރު
ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން ދަންވަރު 12:15 އަށް ތިން ރޫޓަކަށް މާލޭގައި ބަސް ދަތުރުކުރާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފަ އެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނިޓާއި 15 މިނިޓާ ދެމެދު ބަސް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އާރްޓީއެލްގެ 18 މިނީ ބަސް މާލޭގައި ދަތުރުކުރާނެ އެވެ. އޭގެ ތެރެއިން 8 ބަހަކީ 20 ސީޓާއެކު ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހައިން އަރައިފޭބޭނެ ގޮތަށް ރޭމްޕް ހުންނަ ބަސްތަކެކެވެ. ބާކީ ބަސްތަކުގައި 22 ސީޓު ހުންނާނެ އެވެ. ހުރިހާ ބަހެއްގައި ވެސް އިތުރު 10 މީހުންނަށް ކޮއްޅަށް ތިބެވޭނެހެން ހޭންޑްލް ހުރެ އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުން؛ ފުރަތަމަ ދެ ހަފްތާގެ ދަތުރުތައް ހިލޭ ---ފޮޓޯ: ނިޝާން އަލީ | މިހާރު
މާލޭގައި ޕަބްލިކް ޓްރާންސްޕޯޓު ހުއްޓިފައި އޮންނަތާ 11 އަހަރަށް ފަހު އަލުން އެ ހިދުމަތް ފަށާފައިވާއިރު، އޭގެ ސަބަބުން މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް، ހާއްސަކޮށް ސްކޫލު ކުދިންނާއި ވަޒީފާތަކުގައި އުޅޭ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ގިނަބަޔަކު ދެކެ އެވެ. ހާއްސަކޮށް މާލޭގައި އުޅޭ މީހުންނަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް ބައެއް މީހުން ދެކެ އެވެ.
މިނީ ބަހުގެ ޓެސްޓް ދަތުރެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: އެމްޓީސީސީ
މީގެ ކުރިން، 2011 ވަނަ އަހަރު ވެސް މާލޭގައި ބަހުގެ ހިދުމަތް ވަނީ ދީފަ އެވެ. އޭރުގެ މާލެ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ދަތުރުތައް ވަނީ އަހަރެއް ނުވެ ހުއްޓާލައިފަ އެވެ.
މިއަދަކީ މިއީ އުފާވެރި ދުވަހެއް. މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށިއްޖެ. ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވައިފި. ޝުކުރިއްޔާ ރައީސް @ibusolih ޝުކުރިއްޔާ @MTCCPlc @adamazim @adamazim pic.twitter.com/FKFHZ1krfk
— Muaa Abdulla (@muaa_abdulla) September 5, 2022
މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށުމަކީ މި ސަރުކާރުން އެޅި ރަނގަޅު، ތާރީހީ، މުހިންމު ފިޔަވަޅެއް ކަމަށް ބުނެ އެކި ފަރާތްތަކުން އަންނަނީ ސަރުކާރަށް ތާއީދު ކުރަމުންނެވެ.
ބަހުގެ ހިދުމަތް އިތުރަށް ތަރައްގީވާނެ: ރައީސް
މިނީބަސް: ފަތިހު 5:45 - ދަންވަރު 12:15 އަށް
މިނީ ބަސް ފެށުން: އެތައް ޝަކުވާއެއްގެ ނިމުން؟
މާލޭގައި މިނީބަސް ދަތުރެއްގެ އަގަކަށް ހުށަހެޅީ 5ރ.
މިނީ ބަސް ފަށަން ޕާކިން ޒޯނަށް ބިން ހަމަޖައްސައިދީފި
ސްކޫލު ކުދިންނަށް މާލޭގައި ބަސް ދަތުރު ހިލޭ
ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭގޮތް ހަދަން އެދުނު
މިނީ ބަސްތައް ވާނީ ވަރަށް ބޮޑު ފަސޭހައަކަށް: އާޒިމް
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
އަންނަ އަހަރު ދަތުރުކުރާނީ ރީތި ބަސްތަކެއްގައި: އާޒިމް