Roadha Mihaaru
އައިސްކްރީމް ޕައުޑަރެއް ވިއްކުން މަނާކޮށްފި

ހުއްދަ ނެތް ކާކުލައެއް އަޅައިގެން އުފައްދާފައިވާ އައިސްކްރީމް ޕައުޑަރެއް ވިއްކުން މަނާކޮށްފި

07 ސެޕްޓެމްބަރ 2022

ހުއްދަ ނެތް ކާކުލައެއް އަޅައިގެން އުފައްްދާފައިވާ އައިސްކްރީމެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ހުއްދަ ނެތް ކާކުލައެއް އަޅައިގެން އުފައްްދާފައިވާ އައިސްކްރީމެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފި އެވެ.

އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުއްދަ ނެތް ކާކުލައެއް އަޅައިގެން އުފައްދާފައިވާ އިޓަލީގެ "ސްޓެއްލާ" ބްރޭންޑުގެ އައިސްކްރީމް ޕައުޑަރު ރާއްޖެ އަށް އެތެރެ ކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށެވެ.

އެ އެލާޓާ ގުޅިގެން، އެ އުފެއްދުމުގެ ސަބަބުން އޮތް ރިސްކުގެ ވަރު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑުގެ އައިސްކްރީމް ޕައުޑަރު ނުވިއްކުމަށާއި ބޭނުން ނުކުރަން އެ އިދާރާ އިން އެދެ އެވެ. އެ އުފެއްދުމުގެ ބެޗް ނަންބަރަކީ އެމްއެފްޑީއޭ އިން ބުނާގޮތުގައި L3105210523 އެވެ.