Roadha Mihaaru
ޕެނަޑޯލްގައި މައްސަލަތަކެއް، ނުކާން އަންގައިފި

ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި ނުކާން އަންގައިފި

30 ޖެނުއަރީ 2024

ރާއްޖޭގައި އެންމެ އާއްމުކޮށް ކައި އުޅޭ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި އެންމެ އާއްމުކޮށް ކައި އުޅޭ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް، "ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން" އެއް ހަދައި އެ ޕްލޭން އާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގައި ބޭހުގެ ޓެސްޓްތައް އަބަދުވެސް ހަދާ ކަމަށެވެ.

އެގޮތަށް ހެދި ރެންޑަމް ސާމްޕަލްތަކެއްގައި ޕެނަޑޯލް ބޭސް ޓެސްޓްކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ އަދި ބޭސް ގުޅައިގެ ވަށައިގެންވާ ތަންތަނުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އާންމު ގޮތެއްގައި ބޭހުން އެފަދަ މައްސަލަތައް ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަ ކުރަން ޖެހޭ މިންވަރަށް ނުކުރުމުގެ ސަބަބުން ކަމަށާއި އެފަދަ މައްސަލަތައް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ އަސަރު ނުކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެހެންވެ އެ އޮތޯރިޓީން ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު އިތުރަށް ބަލަމުންދާތީ ބޭސް ބޭނުން ނުކުރުމަށާއި ބޭސް ނުވިއްކުމަށް އަންގާފައިވާއިރު މިހާރު ވަނީ އެ ބޭސް ރާއްޖެ އެތެރެކުރުން ވެސް މަނާކޮށްފަ އެވެ.

"މި އޮތޯރިޓީން ވަކި ގޮތެއް އަންގަން ދެން ފާމަސީތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު ބޭސް ނުވިއްކުމަށް ދަންނަވަމެވެ. މި އިންވެސްޓިގޭޝަން ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން ވަނީ "ރެސްޓްރިކްޓް" ކުރެވިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

ފުޑް އެންޑް ޑްރަގު އޮތޯރިޓީން ވަނީ މިވަގުތު ފާމަސީތަކުންނާއި ބޭސް ރައްކާ ކުރާ ގުދަންތަކުގައި އަދި އާންމު ފިހާރަތަކުގައި ހުރި އެ ބޭހުގެ ސްޓޮކް ވަކިކުރުމަށް ފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނު މިނުގައި ބެހެއްޓުމަށް ވެސް އަންގައިފަ އެވެ.

ފެނަޑޯލަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބޭހަށްވާއިރު އެ ބޭސް މިވަގުތު ބޭނުންނުކުރެވުނު ނަމަވެސް ފެރަސެޓެމޯލް 500 މިލިގްރާމާއި އޭގެ 11 ބްރޭންޑަކާއި ޕެރަސެޓެމޯލް 650 މިލިގްރާމުގެ 7 ބްރޭންޑެއް އެޕްރޫވް ޑްރަގު ލިސްޓުގައި ހިމެނެ އެވެ.