Roadha Mihaaru
ބެންޒެމާ އެއް މަހަށް ކުޅުމާ ދުރަށް

ބެންޒެމާ އެއް މަހަށް ކުޅުމާ ދުރަށް

08 ސެޕްޓެމްބަރ 2022

މެޑްރިޑް (ސެޕްޓެމްބަރު 9) - ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް ލިބުނު އަނިޔާ އާ ގުޅިގެން އެއް މަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މެޑްރިޑް (ސެޕްޓެމްބަރު 9) - ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް ލިބުނު އަނިޔާ އާ ގުޅިގެން އެއް މަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ބެންޒެމާގެ ފަލަމަސްގަނަޑަށް އަނިޔާވީ އާންގާރަ ދުވަހުގެ ރޭ، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސެލްޓިކް އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާ އާ ގުޅިގެން ބެންޒެމާގެ ބަދަލު ކުރި އެވެ.

އިއްޔެ މެޑްރިޑްގައި ހެދި ޓެސްޓްތަކުން ހާމަވީ ފްރާންސްގެ ފޯވާޑް ގާތްގަނޑަކަށް ހަތަރު ހަފުތާގައި ކުޅުމާ ދުރުގައި ހުންނަންޖޭނެ ކަަމަށެވެ.

މި އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބޭނެ ކަމަށް ބެލެވޭ ބެންޒެމާ އަށް ރެއާލްގައި ހަތަރު މެޗު ގެއްލޭނެ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހޯމް މެޗުގައި ރެޑްބުލް ލައިޕްޒިގް އާ ދެކޮޅަށް ކުޅޭ މެޗު އަދި މެޑްރިޑް ޑާބީގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.

ފްރާންސްގެ ގައުމީ ޓީމުގައި މިމަހު 22 ގައި އާޖެންޓީނާ އާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗާއި ޔޫއެފާ ނޭޝަން ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ބެންޒެމާ އަށް ބައިވެރި ނުވެވޭނެ އެވެ.

ސްޕެއިންގެ މީޑީއާތަކުން ބުނާ ގޮތުގައި ބެންޒެމާ އަށް ކުޅެން ނުކުމެވޭނެ ކަމަށް ބެލެވެނީ އަންނަ މަހު 2 ގައި އޮސަސޫނާ އާ ދެކޮޅަށެވެ.

ސެލްޓިކް މެޗުގައި ބެންޒެމާގެ ބަދަލުގައި ސެންޓްރަލް ފޯވާޑަކަށް ފުރުސަތު ދިނީ އެޑެން ހަޒާޑް އަށެވެ. އެ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.