Roadha Mihaaru
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އިސްތިއުފާދީފި

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން ލައިޒާ އިސްތިއުފާ ދެއްވައިފި

08 ސެޕްޓެމްބަރ 2022

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފި އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ލައިޒާ އިސްތިއުފާ ދެއްވާފައިވާ ކަން ރައީސް އޮފީހުން ކަށަވަރުކޮށްދިނެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ލައިޒާ އައްޔަންކުރީ މިދިޔަ އަހަރު އެވެ.

އޭނާގެ އިތުރުން އެ އޮފީހުގައި ދެން ތިއްބަވަނީ އޮމްބަޑްސްޕާސަން އަދި ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް އަދި ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ޖެނުއަރީ، 1953 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމާ ހަމައަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ބާރު އޮންނަ އޮފީހެވެ.