Roadha Mihaaru
ފުރަތަމަ 20 މެޗުން ކުރި ލިބެެނީ ކޮން ކޯޗަކަށް؟

ފުރަތަމަ 20 މެޗުން ކުރި ލިބެެނީ ކޮން ކޯޗަކަށް؟

06 ޖެނުއަރީ 2017

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ އަލަށް ހަވާލުވެ ކާމިޔާބީ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. މި ސީޒަނުގައި ގިނަ އާ ކޯޗުންތަކެއް ޓީމުތަކާ ހަވާލުވިއިރު، ބައެއް ކޯޗުންނަށް ވަނީ ލީގަށް ހޭނުމަށް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ނަމަވެސް ޗެލްސީގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ އަލަށް ހަވާލުވެ ކާމިޔާބީ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. މި ސީޒަނުގައި ގިނަ އާ ކޯޗުންތަކެއް ޓީމުތަކާ ހަވާލުވިއިރު، ބައެއް ކޯޗުންނަށް ވަނީ ލީގަށް ހޭނުމަށް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ނަމަވެސް ޗެލްސީގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

ތިރީގައި އެވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އަލަށް ޓީމަކާ ހަވާލުވެ ފުރަތަމަ 20 މެޗުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ކޯޗުންގެ ބައެއް މައުލޫމާތެވެ.

5. ކެނީ ޑަލްގީޝް (ލިވަޕޫލް)

ލިވަޕޫލުގެ ކޯޗުކަމާ އުމުރުން 34 އަހަރުގައި ޑަލްގީޝް ހަވާލުވީ 1985 ވަނަ އަހަރުގަ އެވެ. އޭނާ ވަނީ އެ ސީޒަނުގައި ފުރަތަމަ 20 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެފަ އެވެ. ދެ މެޗުން ބަލިވިއިރު، ފަސް މެޗުންވީ އެއްވަރެވެ. އެ 20 މެޗުން އެ ފަހަރު ލިވަޕޫލް ވަނީ 44 ޕޮއިންޓް ހޯދައިފަ އެވެ. ފަައިދާ 27 ގޯލު އޮތެވެ.

4. ކާލޯ އަންޗެލޮޓީ (ޗެލްސީ)

އޭސީ މިލާނަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން އަންޗެލޮޓީ ޗެލްސީއާ ހަވާލުވީ 2009-2010 ވަނަ އަހަރު އެވެ. އެ ފަހަރުގެ ލީގުގެ ފުރަތަމަ 20 މެޗުގެ ތެރެއިން ޗެލްސީ ވަނީ 14 މެޗުން މޮޅުވެފަ އެވެ. ތިން މެޗުން އެއްވަރުވިއިރު، ހަތަރު މެޗުންވީ ބައްޔެވެ. އެ ޓީމަށް އެ 20 މެޗުން 45 ޕޮއިންޓް ލިބުނުއިރު، ފައިދާ ލަނޑުގެ ގޮތުގައި 29 ލަނޑު އޮތެވެ. އެ ފަހަރު ލީގު ހޯދީ ވެސް ޗެލްސީންނެވެ.

ބަޔާންގެ ކޯޗު އަންޗެލޮޓޯ (ވ) އެ ޓީމުގެ ތިއާގޯ އަށް ކިޔައިދެނީ.

ބަޔާންގެ ކޯޗު އަންޗެލޮޓޯ (ވ) އެ ޓީމުގެ ތިއާގޯ އަށް ކިޔައިދެނީ.

3. މެނުއަލް ޕެލެގްރިނީ (މެންޗެސްޓާ ސިޓީ)

ސްޕެއިންގެ މަލާގާ ދޫކޮށް ޗިލީ އަށް އުފަން ތަޖުރިބާކާރު ކޯޗު ޕެލެގްރިނީ 2013-2014 ވަަނަ އަހަރު ސިޓީއާ ހަވާލުވީ އިޓަލީގެ ރޮބާޓޯ މަންޗިނީގެ ބަދަލުގަ އެވެ. ޕެލެގްރިނީގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު ފުރަތަމަ 20 މެޗުގެ ތެރެއިން އެ ޓީމު ވަނީ 14 މެޗުން މޮޅުވެފަ އެވެ. ތިން މެޗުން އެއްވަރުވިއިރު، ހަތަރު މެޗުން ބަލިވި އެވެ. އެ ޓީމަށް މި 20 މެޗުން ލިބުނީ 45 ޕޮއިންޓެވެ. އަދި ފައިދާ 34 ގޯލު އޮތެވެ.

2. އެންޓޯނިއޯ ކޮންޓޭ (ޗެލްސީ)

މި ސީޒަނުގައި ޗެލްސީއާ ހަވާލުވެ، ކޮންޓޭ އަންނަނީ ތަފާތު ދަށްކަމުންނެވެ. ސީޒަންގެ ކުރީކޮޅުގައި ޗެލްސީ ހަމައަކަށް ނޭޅެނީސް އެ ޓީމު ވަނީ ލިވަޕޫލާއި އާސެނަލް އަތުން ބަލިވެފަ އެވެ. އެހެން ނަމަވެސް އެއަށް ފަހު ވަނީ ޖެހިޖެހިގެން 13 މެޗުން ލީގުގައި މޮޅުވެ، އާސެނަލްގެ އެއް ސީޒަނުގެ ރެކޯޑާ ހަމަކޮށްފަ އެވެ. އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނައީ ޓޮޓެންހަމުންނެވެ.

ލީގުގެ ފުރަތަމަ 20 މެޗު ނިމުނުއިރު، ޗެލްސީ އެއް ވަނައިގައި އޮތީ 49 ޕޮއިންޓާ އެކު އެވެ. އޭނާ ވަނީ 16 މެޗުން މޮޅުވެފަ އެވެ. އެއް މެޗުން އެއްވަރުވިއިރު، ތިން މެޗުން ބަލިވި އެވެ. ޗެލްސީގެ ފައިދާ އޮތީ 27 ލަނޑެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

1. ހޯސޭ މޮރީނިއޯ (ޗެލްސީ)

ޗެލްސީގެ ތާރީހުގައި އެންމެ ކާމިޔާބު ސީޒަނަކީ 2004-2005 ހެ ސީޒަނެވެ. އެއީ ޕޯޓޯ ދޫކޮށް މޮރީނިއޯ ޗެލްސީއާ ހަވާލުވި ފުރަތަމަ ސީޒަނެވެ. އެ ފަހަރު ލީގުގެ ޗެމްޕިއަންކަން ޗެލްސީން ހޯދިއިރު، ފުރަތަމަ 20 މެޗުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. ފަނަރަ މެޗުން މޮޅުވިއިރު، އަނެއް ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ.

ފުރަތަމަ 20 މެެޗުން މޮރީނިއޯ ވަނީ 49 ޕޮއިންޓް ހޯދައިފަ އެވެ. މިއީ މި ސީޒަނުގައި ކޮންޓޭއާ އެއް އަދަދެކެވެ. ނަމަވެސް މޮރީނިއޯ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. މޮރީނިއޯ ފުރަތަމަ 20 މެޗު ނިންމާލީ ފައިދާ 32 ލަނޑާ އެކު އެވެ.