ލަންޑަން (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމް އަތުން 3-0 އިން ޗެލްސީ މޮޅުވިއިރު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ކްލަބްގެ ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފި އެވެ.
13 ފެބުރުއަރީ 2018
ލަންޑަން (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމް އަތުން 3-0 އިން ޗެލްސީ މޮޅުވިއިރު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ކްލަބްގެ ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ތަފާތު ބޮޑުކޮށް ބޯންމައުތާއި ވަޓްފޯޑް އަތުން ބަލިވުމުން ކޮންޓޭ އާއި ޗެލްސީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެހެން ނަމަވެސް ރޭގެ މެޗުން މޮޅުވެ، ޗެލްސީ ވަނީ އަލުން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 27 މެޗުން 53 ޕޮއިންޓާ އެކު އެވެ.
އެޑެން ހަޒާޑްގެ ދެ ގޯލާއި ވިކްޓަ މޯސަސް ޖެހި ލަނޑުން ޗެލްސީން ރޭގެ މެޗު ކާމިޔާބުކުރިއިރު، މިއީ 2018 ވަނަ އަހަރު ލީގުގައި ޗެލްސީން އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.
މި މެޗުގައި ޗެލްސީން ވަނީ އާސެނަލް ދޫކޮށް އެ ޓީމަށް ދާދި ފަހުން ބަދަލުވި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. މިއާ އެކު އޭނާ ވެފައިވަނީ އެއް ސީޒަނެއްގައި ޗެލްސީ އާއި އާސެނަލަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ހަމައެކަނި ކުޅުންތެރިޔާ އަށެވެ.
ރޭގެ މެޗުގައި ޗެލްސީ ސަޕޯޓަރުން ވަނީ ކޮންޓޭ އަށް ތާއީދު އޮތްކަން ދައްކާލުމުގެ ގޮތުން ދަނޑުގައި ބޮޑު ބެނާއެއް ދައްކާލައިފަ އެވެ. މެޗަށް ފަހު ކޮންޓޭ ބުނީ އުނދަގޫ ހާލަތުގައި ވެސް އޭނާގެ ހިތްވަރަކީ ސަޕޯޓަރުން ކަމަށެވެ.
"އަހަރެން ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ޖެހޭ. އަހަންނާ ގުޅޭގޮތުން މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަތައް ދައްކާއިރު ވެސް ސަޕޯޓަރުން އަހަރެން ފަހަތުގައި ތިބުމުން ވަރަށް ފަސޭހަވޭ. އެމީހުންނަށް ޝުކުރު އަދާކުރަން،" ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ޕްރެޝަރާ ކުރިމަތިލާން ތައްޔާރު ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ބުރައެއް އުފުއްލަން ނުޖައްސާނެ ކަމަށެވެ.
ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ވެސްޓް ބްރޮމްގެ ފޯވާޑް ޑެނިއަލް ސްޓަރިޖަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުމުން އެ ޓީމަށް ގިނަ މައްސަލަތަކެއް ދިމާވި އެވެ. ވެސްޓް ބްރޮމްގެ ކޯޗު އެލަން ޕާޑިއު ބުނީ މެޗުގެ ތެރެއަށް ނުވަދެވެނިީސް ބަދަލެއް ކުރަން ޖެހުމަކީ މުޅި ގޭމްޕްލޭނަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.
ޗެލްސީ މޮޅެއްނުވި، ކޮންޓޭގެ ފާޑުކިޔުން ޓޮޓެންހަމަށް
ޑްރާމާ ބޮޑުވި ޗެލްސީ އާއި ޓޮޓެންހަމް މެޗު އެއްވަރު
ކޮންޓޭ ގަދަ ހަތަރެއްގެ އުއްމީދުގައި
ޗެލްސީގެ ސީޒަން އަދި ސަލާމަތްކުރެވޭނެ: ކޮންޓޭ
ވަޓްފޯޑް އަތުން ބަލިވެ ކޮންޓޭ އަށް ޕްރެޝަރު ބޮޑުވެއްޖެ
މަގާމުގެ ޔަގީންކަމެއް ކޮންޓޭ އަށް ނެތް
"ދޮގު ހަދައިގެން ސަޕޯޓަރުންގެ ރުހުން ބޭނުމެއް ނޫން"
ޗެލްސީ ބަލިވެ، ކޮންޓޭ އަށް ލީގުގެ އުއްމީދު ގެއްލިއްޖެ
ވަޒީފާ ސަލާމަތްކުރަން ކޮންޓޭ އަށް ފަހު ފުރުސަތު
ޕްރިމިއާ ލީގުގެ ޝެޑިއުލަށް ކޮންޓޭ ފާޑުކިޔައިފި