ބޯހިމެނުމަށް މީހާގެ މައުލޫމާތު ނަގާނީ މިރޭ ދަންވަރު 12ގެ ފަހުން އެ މީހަކު ދިރިއުޅޭ ތަނަކުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފި އެވެ.
12 ސެޕްޓެމްބަރ 2022
ބޯހިމެނުމަށް މީހާގެ މައުލޫމާތު ނަގާނީ މިރޭ ދަންވަރު 12ގެ ފަހުން އެ މީހަކު ދިރިއުޅޭ ތަނަކުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފި އެވެ.
އެ އޮފީހުން އެގޮތަށް އެންގީ، މާދަމާ ފަށާ ބޯހިމެނުމާ ގުޅޭ ގޮތުން އާންމުންގެ ފޯނަށް ފޮނުވި މެސެޖެއްގަ އެވެ.
"މިރޭ 12:00 ގެ ފަހުން ފުރާނަމަ ނުވަތަ އެހެން ތަނަކަށް ބަދަލުވާ ނަމަ މިރޭ ދަންވަރު ނިދާ ތަނަކުން އެ މީހާގެ މައުލޫމާތު ލިބޭނެ ގޮތް ހަމަޖައްސައިދެއްވާ،" އެ މެސެޖުގައި ބުންޏެވެ.
މާދަމާ އިން ފެށިގެން މި މަހު 25ގެ ނިޔަލަށް ކުރިއަށް ގެންދާ ބޯހިމެނުމުގެ މަސައްކަތް ކުރާ ޓީމުތައް ގޭގެ އަށާއި މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން އިރުއޮއްސި 6 އާ ދެމެދުގައި ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ވަގުތުތަކުގައި ތަޅުލާފައި ހުންނަ އިމާރާތްތަކަށް ވަދެވޭނެ ގޮތް ހަދައި ދިނުމަށާއި އަދި ގޭބިސީތަކާއި މަސައްކަތްކުރާ ތަންތަނުގެ އިސްވެރިންނާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް އެދިފައިވެ އެވެ. އަދި ބޯހިމެނުމަށް ތެދު މައުލޫމާތު ދިނުމަކީ ތަފާސްހިސާބުގެ ގާނޫނުގައި އެންމެނަށް ލާޒިމް ކަމެއް ކަމަށް ވެސް އެ އޮފީހުން ހަނދާންކޮށްދިނެވެ.
ބޯހިމެނުމުގައި އެއްކުރެވޭނެ މައުލޫމާތުތަކަކީ:
- ދިވެހިންނާއި ބިދޭސީން އާބާދީ
- އާބާދީ އިތުރުވާ މިންވަރު
- ހިޖުރަކުރާ މިންވަރު
- އުމުރުފުރާތަކަށް އަންނަ ބަދަލު
- މަސައްކަތު އާބާދީ
- ރަށްރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު
ދަރުބާރުގޭގައި ބޯހިމެނުމަށް އެމިއުނަރޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދަނީ: މާލެ ސަރަހައްދުން އަދި އިތުރު 700 މީހުން ބޭނުންވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަށް އަހަރު ފަހުން، އަނެއްކާ ވެސް ރާއްޖޭގައި ބޯހިމަނާއިރު، އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓް ވަނީ ހޯދައިފަ އެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި 4،000 ވޮލަންޓިއަރުން ހަރަކާތްތެރިވާނެ އެވެ.
އަންނަ މަހު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ނިންމައިފަ އެވެ.
އެންމެ ފަހުގެ ޕްރޮޖެކްޝަންތަކާ ހަވާލާދީ، ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް ލައްކައެއް އިތުރުވެ، މީހުން ދިރިއުޅޭ އަދަދު ފަސް ލައްކަ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް 2020 ވަނަ އަހަރު ސްޓެޓިސްޓިކް ބިއުރޯއިން ބުނެފައިވެ އެވެ.
އިތުރުވީ 44000 ދިވެހިން، ބިދޭސީން ދެ ގުނަ އިތުރު
ބޯހިމެނުމުގެ ނަތީޖާ ސައްހަވާނެ ކަމާމެދު އުފައްދާ ސުވާލު
ބޯހިމެނުން: ބޭރުގައި އުޅޭ ދިވެހިންގެ މައުލޫމާތު ހޯދަނީ
މިހާތަނަށް ދައްކަނީ 16،800 ދިވެހިން އިތުރުވިކަމަށް
ބޯހިމެނުމުގެ މުއްދަތު ހަފުތާއަކަށް އިތުރުކޮށްފި
ބޯހިމެނުން: މާލެ އިން މައުލޫމާތު ނުލިބޭ 900 ތަނެއް
ބޯހިމެނުން: ބައިވެރިނުވެވި ތިބި ނަމަ 1423އަށް ގުޅާ
8 އަހަރު ފަހުން ރާއްޖޭގައި ބޯހިމަނަން ފަށައިފި
ބޯހިމެނުމުގެ ޕައިލެޓް ހަރަކާތެއް މިއަދު ފަށައިފި
500ރ. ދޭ ގޮތަށް ބޯހިމެނުމަށް 4،400 މީހުން ހޯދަނީ