Roadha Mihaaru
ބޯހިމެނުމުގެ މުއްދަތު ހަފުތާއަކަށް އިތުރުކޮށްފި

ބޯހިމެނުމުގެ މުއްދަތު ހަފުތާއަކަށް އިތުރުކޮށްފި

12 އޮކްޓޯބަރ 2022

މައުލޫމާތު ނުލިބި ހުރި ތަންތަނުގެ މައުލޫމާތު ހޯދައި، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބޯހިމެނުމުގެ މަސައްކަތް ނިންމާލަން އަމާޒު ހިފާފައިވާ ކަމަށް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މައުލޫމާތު ނުލިބި ހުރި ތަންތަނުގެ މައުލޫމާތު ހޯދައި، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބޯހިމެނުމުގެ މަސައްކަތް ނިންމާލަން އަމާޒު ހިފާފައިވާ ކަމަށް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފި އެވެ.

އެ ބިއުރޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޯހިމެނުމުގެ މައުލޫމާތު ނުލިބިވާ ކަމަށް ކުރިން ބުނި 900 އަށް ވުރެ ގިނަ ތަންތަނުގެ ތެރެއިން 41 ޕަސެންޓް ތަންތަނުން މިހާރު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދިވެސް ބޯހިމެނިފައި ނުވާ ކަން އެ އޮފީހަށް އަންގަމުން އަންނަ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"ބޯހިމެނުން ފުރިހަމަ ވަނީ ހުރިހާ ފަރުދުން ހިމެނިގެން ކަމުން ބޯހިމެނުމުގައި ކޮންމެ ފަރުދަކު ވެސް ހިމެނުނުކަން ޔަގީން ކުރެއްވުމަށް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

"މީހުން ދިރިނޫޅޭ ތަންތަނާއި ނިދުމަށް ބޭނުންކުރާ ތަންތަނާއި ހުސްކޮށް ހުރި ތަންތަނުގެ ވެރި ފަރާތްތަކުން އެކަން ފާހަގަކޮށްދެއްވައި މި ބިއުރޯ އަށް އަންގަވާލަދެއްވުމަކީ ވެސް މި ބިއުރޯ އިން އެދެމެވެ."

ބޯހިމެނުމަށް މައުލޫމާތު ދިނުމަކީ ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ކޮންމެ މީހަކަށް ވެސް ލާޒިމު ކަމެކެވެ.

މިހާތަނަށް ބޯހިމެނިފައިނުވާ ނަމަ، އެ ބިއުރޯގެ ހޮޓްލައިން 1423 އަށްް ނުވަތަ ފޯން ނަންބަރު 3008400 އަށް ގުޅުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެދެ އެވެ. އެ ކަމަށް އެދޭ ފޯމު އޮންލައިންކޮށް ހުށަހަޅައިގެން ވިޔަސް ބޯހިމެނުމުގައި ބައިވެރިވާން ބުންޏެވެ.

ބޯހިމެނުމުގެ ރަސްމީ ނަތީޖާ އިއުލާންކުރަން ނިންމާފައި ވަނީ މި މަހުގެ 20 ގަ އެވެ.