12 ސެޕްޓެމްބަރ 2022
ރަށްރަށުގައި ވަޒީފާ އުފެއްދުމަށް ސަރުކާރުގެ ބައެއް އޮފީސްތައް އައްޑުއަށް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށާއި އެކަމަށް ތަރުހީބު ނުލިބުނު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ވަޒީފާ އުފެއްދުމަށް ސަރުކާރުގެ ބައެއް އޮފީސްތައް އައްޑުއަށް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށާއި އެކަމަށް ތަރުހީބު ނުލިބުނު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ގެންދާ "ވިއަވަތި" ކޮންފަރެންސްގައި، ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ މައުލޫއާ ގުޅޭ މަޝްވަރާ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، މާލޭގައި އައްޑޫގެ ގިނަ ބަޔަކު އުޅޭއިރު، މާލޭގައި ހުރި ބައެއް އޮފީސްތައް އައްޑުއަށް ބަދަލުކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެކަމަށް ތަރުހީބު ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލިން އައްޑޫ، ފުވައްމުލަކަށް ގަމުގައި، ސިވިލް ސާވިސްގެ ދަފްތަރަށް ބަލައިގެން ބެލީ، މާލޭގައި ތިބި ސިވިލް ސާވެންޓުންތަކެއް ބަދަލުކުރެވޭނީ ކިހިނެއްތޯ؟ މިސާލަކަށް އައްޑޫއަކީ މާލޭގައި ވަރަށް ގިނަ ބޭފުޅުން މަސައްކަތްކުރާ އަތޮޅަކަށް ވާތީ މަސައްކަތްކުރިން. ކުރިއިރު އެއްވެސް ތަރުހީބެއް ނުލިބުނު މާލެއިން އައްޑުއަށް ވަޒީފާ ބަދަލުވާކަށް. ވަރަށް މަސައްކަތްކުރިން. މިނިސްޓަރުންނާ އެކު ޕާމަނަންޓް ސެކްރެޓަރީންނާ އެކު. ކޮން ބޭފުޅުންނެއްތޯ ތިބީ ދާން،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލިން މިސާލަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަނެއް ބަލަން. ފަހަރެއްގައި ވެދާނެ އެޑިއުކޭޝަން މިނިސްޓްރީގައި އުޅުއްވާ އަތޮޅެއްގެ ބޭފުޅަކަށް،"
އޭނާ ވިދާޅުވީ ރަށްރަށަށް މީހުން ބަދަލުކުރުމާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނާ އެކު އެސެސްމަންޓުތަކެއް ވެސް ހެދި ކަމަށެވެ.
އޭގައި، އެއް މިނިސްޓްރީއެއްގައި، އެއް މަގާމަކާއި މުސާރައެއްގައި ރަށަށް ބަދަލުވުމާ ގުޅޭގޮތުން މައުލޫމާތު ހޯދި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އެއްވެސް ތަރުހީބެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ.
"ފަހަރުގައި ވެދާނެ އެންމެ ރަނގަޅަށް އެކަން ނުކުރެވީ ކަމަށް. އެކަން އަދިވެސް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ކުންފުނިތަކާ ގުޅިގެން ރަށްރަށުގައި ވަޒީފާ އުފައްދަން މަސައްކަތްކޮށްފައިވާ ކަމަށެވެ. ފުވައްމުލަކުގައި އެ މަސައްކަތްކޮށް ކާމިޔާބުކޮށް، ގަމުގައި ވެސް އެކަން ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލަން
މުޅި ލާމަރުކަޒީ ނިޒާމުގައި ފައިސާ ލީކުވާ ބާގަނޑުތައް!
ގަރާރު ހުށަހެޅުން ކުރިއަށް،އެކަމަކު ބިލްތައް ހުއްޓިިފައި
ބޮޑު ދެރައަކީ އައްޑޫ ތަރައްގީ ކުރާނެކަން ގަބޫލުނުކުރުން
ގަން އެއާޕޯޓު ބޮޑުކުރަން ރެނާޓަސްއާ ހަވާލުކޮށްފި
ގަން އެއާޕޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި
ހަނިމާދޫ އެއާޕޯޓާ އެކު ބަދަލުވާނީ މުޅި ސަރަހައްދު!
"އިގުތިސޯދީ މަސައްކަތުގައި އަންހެނުންގެ ހާލަތު ދަށް"
އެލްޖީއޭއާ މެދު ދެކޭގޮތް ބަދަލުވާންޖެހޭ: އަފްޝަން
"ބޭކާރު ކުންފުނިތައް" އުފައްދާތީ ފައްޔާޒަށް ފާޑުކިޔުން