04 އޮކްޓޯބަރ 2022
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ކުރިއަށްގެންދާ މަޝްރޫއު ނިމުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ވަރަށް ފަސިންޖާ ޓާމިނަލް ތަރައްގީ ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަ އާއި ރެސްޓޯރެންޓުތަކާއި ލައުންޖު ހިދުމަތާއި އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަން ހަދާނެ ކަމަށެވެ.
އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް އަދި އެއާޕޯޓުގެ މަގުތައް ތަރައްގީކޮށް ޕާކިން ސަރަހައްދެއް ވެސް ހަދާނެ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާއްޓަށް ވުމުން އެ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ޓޫރިޒަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގައި އިގުތިސޯދީ ހަބެއް ގާއިމްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވުމުގައި ގަން އެއާޕޯޓު މަޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބަޔާނުގައި ބުނެ އެވެ.
"މި މަޝްރޫއުގެ ސަބަބުން ސިދާގޮތުންނާއި ނުސީދާގޮތުން އެތައް ހާއްސަ ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ އެވެ." މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ގަން އެއާޕޯޓު މަޝްރޫއަށް ޝަރުތު ހަމަވާ ހަތް ކުންފުންޏެއްގެ މައުލޫމާތު އެގްޒިމް ބޭންކުން ދާދިފަހުން ފޮނުވާފައިވާ ކަމަށެވެ.
އެ ކުންފުނިތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި ހަފުތާގައި ހުޅުވައިލާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ. އެއަށްފަހު، ކުރިއަށް އޮތް 2-3 މަސް ދުވަހުގެ ތެރޭގައި ގަން އެއާޕޯޓު ބޮޑުކުރަން ސޮއިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަން ވެސް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ކުންފުންޏާއެކު މިިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސޮއިކޮށްފަ އެވެ.
ހަނިމާދޫ އެއާޕޯޓާ އެކު ބަދަލުވާނީ މުޅި ސަރަހައްދު!
ގަރާރު ހުށަހެޅުން ކުރިއަށް،އެކަމަކު ބިލްތައް ހުއްޓިިފައި
ބޮޑު ދެރައަކީ އައްޑޫ ތަރައްގީ ކުރާނެކަން ގަބޫލުނުކުރުން
ގަން އެއާޕޯޓު ބޮޑުކުރަން ރެނާޓަސްއާ ހަވާލުކޮށްފި
ގަން އެއާޕޯޓުގެ މަޝްރޫއުގައި ވަރަށް އަވަހަށް ސޮއިކުރަނީ
ރަށްރަށަށް އޮފީސްތައް ގެންދަން ތަރުހީބެއްނެތް: ފައްޔާޒް
"އިގުތިސޯދީ މަސައްކަތުގައި އަންހެނުންގެ ހާލަތު ދަށް"
"ބޭކާރު ކުންފުނިތައް" އުފައްދާތީ ފައްޔާޒަށް ފާޑުކިޔުން
"އިންޑިއާ އައުޓްއާ ހެދި އިތުރު އެހީތައް ނުލިބިދާނެ"
ބަންގްލަދޭޝް މަސައްކަތްތެރިން ނުލިބި ވިޔަފާރި ހުއްޓިދާނެ