Roadha Mihaaru
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަށް 84 މިލިއަން ރުފިޔާ

84 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަޑަވެލި-ހޯޑެއްދޫގެ ކޯޒްވޭގެ މަސައްކަތް ފަށައިފި

14 ސެޕްޓެމްބަރ 2022

ސަރުކާރުން 84 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ކޯޒްވޭއެއް ހެދުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން 84 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ކޯޒްވޭއެއް ހެދުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އެމްޓީސީސީއާ ހަވާލު ކޮށްގެން ހަދާ އެ ކޯޒްވޭއަކީ ބަރު ވެހިކަލްތަކަށް ދަތުރު ކުރެވޭ ފެންވަރުގެ ޒަމާނީ ތަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކޯޒްވޭ ހަދަނީ ރަށް ގިރުމުގެ މައްސަލަ އަށް ވެސް ހައްލު ލިބޭނެ ފަދަ ގޮތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޯޒްވޭ އިން މަޑަވެއްޔާއި ހޯޑެއްދޫގެ އިތުރުން ކަންނިގިލާ އާއި ހާދޫއާ ވެސް ގުޅައިލާނެ އެވެ.

އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ތާރު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއާ މެދު ހިޔާލު ތަފާތުވެ، ދެ ކައުންސިލްގެ މެދުގައި މައްސަލަ ޖެހި، އާންމުން ނުކުމެ އެ ކޯޒްވޭ މިދިޔަ އަހަރު ކަނޑައިލި އެވެ. އެއް ފަޅެއްގައި އޮންނަ މަޑަވެއްޔާއި ހޯޑެއްދޫ ގުޅައިލުމަށް ހަދާފައިވާ ކޯޒްވޭ، ހޯޑެއްދޫ މީހުން ނުކުމެ މީގެ ތިން އަހަރު ކުރިން ވެސް ވަރަށް ބޮޑަށް ކަނޑައިލި އެވެ.

އެ ދެ ރަށް އެންމެ ފުރަތަމަ ގުޅުވައިލީ ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހޭދަކޮށްގެން 2016 ގަ އެވެ.