Roadha Mihaaru
ތާއީދު ލިބޭނީ އައްޑުއަށް އިސްކަންދީގެން: ނަޝީދު

ސަރުކާރަށް ތާއީދު ލިބޭނީ އައްޑުއަށް އިސްކަންދީގެން: ނަޝީދު

16 ސެޕްޓެމްބަރ 2022

ރާއްޖޭގެ ވެރިން ޒަމާނުއްސުރެން އައްޑުއާ މެދު ކަންކަން ކުރައްވާފައި ވަނީ ވަރަށް ގޯސްކޮށް ކަމަށާއި، އެހެންވެ މި ސަރުކާރަށް ވެސް ރައްޔިތުންގެ ތާއީދާއި އިތުބާރު ލިބޭނީ އައްޑޫގެ ތަރައްގީ އަށް ހާއްސަ އިސްކަމެއްދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނަޝީދު އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ސ. ހިތަދޫގައި ތިބި އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ރާއްޖެ އަށް އަވަސް ތަރައްގީ ހޯދެން އޮތީ އައްޑޫ އަށް އަމާޒުކޮށްގެން ކަމަށެވެ. އެހެންވެ، މި ސަރުކާރުން ތަރައްގީ އާއި ކުރިއެރުމަށް ކުރާ ކަންކަމުގައި އައްޑު އަށް އިސްކަންދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ހިތަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ކުލަ ޔެލޯ | ފޭސްކުބް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ހިތަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ކުލަ ޔެލޯ | ފޭސްކުބް

އެމްޑީޕީގެ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އައްޑު އަށް އިސްކަންދީގެން ބޮޑު މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، މި ސަރުކާރަށް އަދިވެސް މާ ތާއީދު ބޮޑުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ރާއްޖެ އަށް ހެޔޮ ގޮތް އެދޭ ނަމަ، އައްޑު އަށް އަޅާލުމަކީ މުހިންމު ކަމެއް ކަމަށާއި އައްޑޫ އަކީ ވަސީލަތްތައް ގިނަ ތަނެއްކަން ވެސް ފާހަގަކުރެއްވި އެވެ.

"ބާކީ އޮތް އެއް އަހަރު މި ތަނަށް (އައްޑު އަށް) ފޯކަސްކޮށްގެން އުޅެގެންފިއްޔާ އަދިވެސް އަޅުގަނޑު ދަންނަވާނީ މި ސަރުކާރަށް ތާއީދު ހޯދޭނެއޭ. ދެން އަޅުގަނޑަކަށް ނޭނގޭ މި ސަރުކާރުން އެކަން ކުރާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ހިތަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ކުލަ ޔެލޯ | ފޭސްކުބް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ހިތަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ކުލަ ޔެލޯ | ފޭސްކުބް

"އައްޑޫގައި ތަރައްގީގެ މަސައްކަތްތައް ހިންގައިގެން، މިތަނަށް ރަނގަޅު ގޮތެއް ހޯދައިދިނުމުގައި އުޅުން އަޅުގަނޑުމެން ހުއްޓާލައިގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީ އަށް ވެރިކަން ލިބުނު ފަހުން ޕާޓީ ލީޑަރުން، އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވަން ވަޑައިނުގަންނަވާތީ ބައެއް މެމްބަރުން އެކަމަކުގެ ކަންބޮޑުވުން ފާޅުކުރެއްވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އައްޑު އަށް ވަޑައިނުގަނެވި ގިނަ ދުވަސްވީ ބޮމުގެ ހަމަލާ އަށް ފަހު އުޅުއްވަން ޖެހިވަޑައިގެންނެވި ހާލަތުގެ ސަބަބުން ކަމަށެވެ. އަދި ދެން ގިނަގިނައިން އައްޑު އަށް ވަޑައިގަންނަވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީ އަށް އިސްކަންދޭން ނަޝީދު ވިދާޅުވިއިރު، އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެ ސިޓީގައި އެކި މަޝްރޫއުތައް ކުރިއަށް ގެންދަން މި ސަރުކާރުން ނިންމާފައިވެ އެވެ. ބައެއް މަޝްރޫއުތައް ވަނީ ފަށައިފަ އެވެ.