މިހާރު ކުރިޔަށްދާ އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްގައި ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި އެ ޕާޓީގެ އާންމު ސިޔާސަތުތައް މިއަދު ފާސްކޮށްފި އެވެ.
24 ސެޕްޓެމްބަރ 2022
މިހާރު ކުރިޔަށްދާ އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްގައި ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި އެ ޕާޓީގެ އާންމު ސިޔާސަތުތައް މިއަދު ފާސްކޮށްފި އެވެ.
ތާޖުއްދީން ސްކޫލްގައި ކުރިޔަށްދާ ބައްދަލުވުމުގައި އެމްއެންޕީގެ އާންމު ސިޔާސަތައް 58 ހުށަހެޅުމެއް ހުށަހެޅި އެވެ. އަދި ހުށަހެޅުންތަކަށް މިއަދު ހެނދުނު ޕާޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް، ބަހުސްކުރުމަށް ފަހު، އިސްލާހުތައް ވެސް ގެނެސްފައިވެ އެވެ.
އެ ސިޔާސަތުތައް ފާސްކުރީ އެ ބައްދަލުވުމަށް ވަޑައިގެންނެވި 270 އަށް ވުރެ ގިނަ މެމްބަރުންގެ ތާއިދާ އެކުގަ އެވެ.
އެމްއެންޕީގެ ގައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022"ގައި އެ ޕާޓީގެ ބައެއް މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ޕާޓީގެ އާންމު ސިޔާސަތު ކަނޑައަޅާފައި ވަނީ މައިގަނޑު ނުވަ ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ، ދީނާއި ގައުމިއްޔަތު، ފުންދުންތެރި ދިވެއްސެއް، ހައްގުތަކާއި ހިޔާވަހިކަން، ގައުމީ އުފެއްދުންތެރިކަމާއި ތަރައްގީ، އިގުތިސާދާއި ދަތުރުފަތުރު، ހެޔޮ ވެރިކަން، އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަން، ވެށީގެ ރައްކާތެރިކަން އަދި ޖިސްމާނީ އާއި ނަފުސާނީ ދުޅަހެޔޮ ކަމުގެ މައްޗަށެވެ.
އެއީ ސިޔާސީ މަސައްކަތާއި ގާނޫނު ހެދުމުގައި، އިންތިހާބީ މަގާމުތަކަށް އެ ޕާޓީގެ ގިނަ ބަޔަކު ކުރިއަށް އޮތް ތަނުގައި ކުރިމަތިލާނެތީ، ގައުމީ ތަރައްގީ އާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށް އެ ފަރާތްތަކުން އިހުތިޔާރުކުރާ އުސޫލުތަކަކީ ވެސް ވަކި އިންތިތަކެއްގެ ތެރެއަށް ފެތޭ އެއްޗަކަށް ހެދުމާއި ސިޔާސީ ފިކުރުތައް ބަދަހިކަމާ އެކު ގުޅުވުމަށް އެ ޕާޓީން ގަބޫލުކުރާ އިންތަކެއް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލި ސިޔާސަތުތަކެއް ކަމަށް އެ ޕާޓީން ބުންޏެވެ.
- އިލްމީ މާއްދާތަކުން ކުރިއަށް ދިއުމަށް ދަތިވާ ދަރިވަރުންނަށް ވެސް އާމްދަނީ ހޯދޭނެ ފަދަ ހުނަރު ދަސްކޮށްދީގެން ހެޔޮ ދިރިއުޅުމެއް އުޅެވޭނެ ގޮތް ތަނަވަސްކޮށްދިނުން.
- ރަށްވެހިކަމަކީ ވަކި ރަށެއްގައި ބަނދެވިފައިވާ އެއްޗަކަށް ނުހެދުން.
- ހަގީގީ މާނައިގައި ޒުވާނުންގެ ބައިވެރިވުން ގައުމީ ތަރައްގީ އަށް ގެނައުން.
- ކަރަންޓާއި ފެން ފަދަ އަސާސީ ހިދުމަތްތަކަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދުމަށް ކުރާ ކަމެއްގެ ބަދަލުގައި ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭ ހިދުމަތަކަށް ހެދުން.
- ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ފުރިހަމަ ކޮންޓްރޯލް ދިވެހިންގެ އަތްމަތީގައި އޮންނާނެ ގޮތަށް މަސައްކަތްކުރުން.
- ރާއްޖެ އަކީ ހަގީގީ މަނާއިގައި ޖުމްހޫރިއްޔަތަކށް ހެދުމާއި ރިޔާސީ ނިޒާމެއް ރާއްޖޭގައި ފައްކާކުރުމަށް މަސައްކަތް ކުރުން.
- ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ކުށާއި ގްރޫޕް ހަދައިގެން އަންހެނުންނާ ދެކޮޅަށް ހިންގާފައިވާ އެއްވެސް ޖިނާއީ ބޮޑު ކުށެއްގައި ދައުލަތުން މާފު ނުދިނުމާއި އެފަދަ ކުށެއް ކުރާ މީހަކަށް ލުއި ގޮތްތައް ހަމަޖައްސައިނުދިނުން.
- މަސްތުވާތަކެތީގެ ވިޔަފާރީކުރާ މީހުންނަށް ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށް ބާރުއެޅުމާއި އަދަބު ލުއިކޮށް ނުދިނުން.
- ޕްރިވެންޓިވް ހެލްތު ކެއާ ކުރިއެރުވުމާއި އެކު ސިއްހީ ފަރުވާގެ ނިޒާމު ތަރައްގީކުރުން.
އެމްއެންޕީގެ ގައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022"ގައި އެ ޕާޓީގެ ބައެއް މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ކޮންގްރެސް މިހާރު ކުރިއަށް ދަނީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކުގެ ބަހުސާއި ވޯޓުލުމެވެ.
"ސަރުކާރުގެ މިސްރާބު ގޯސް، ޖަވާބުދާރީކުރުވާނަން"
އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް މި މަހު ބާއްވަނީ
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
ޖޭޕީއަށް ގޮންޖެހުމެއް ނެތް، މިސްރާބު އިންތިހާބަށް!
އެމްއެންޕީ 10،000 ހަމަކޮށް ސިޔާސީ ރޭހުގެ ކުރިއަށް
ބޭރު ސިފައިން ރާއްޖޭގައި ނުތިބެވޭ ގޮތް ހަދާން: ނާޒިމް
އެމްއެންޕީގެ ވަގުތީ ރައީސާއި ނައިބުން ހޮވުން ހުކުރުގައި
އެމްއެންޕީ ރަޖިސްޓަރީ ކުރަން ހުށަހަޅައިފި
5،000 ސޮޔާއެކު އެމްއެންޕީ ބުދަދުވަހު އިލެކްޝަންސަށް
އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހުސާން އެމްއެންޕީއަށް