އަރަބިއްޔާ ސްކޫލް އިމާރާތްކުރަން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރަން ނިންމައިފި އެވެ.
26 ސެޕްޓެމްބަރ 2022
އަރަބިއްޔާ ސްކޫލް އިމާރާތްކުރަން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރަން ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި، ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދާ އާ ސްކޫލުގެ މަސައްކަތް، އަމިން ކޮންސްޓްރަކްޝަން އަށް ދޭން ނިންމީ ސެލެކްޓިވް ބިޑިންއަކުން، ނޭޝަނަލް ޓެންޑާ ބޯޑުންނެވެ.
އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގި ނަމަވެސް އަދި އެއްބަސްވުމުގައި ސޮއެއް ނުކުރެ އެވެ. އެހެންވެ، މަސައްކަތް ހަވާލުކުރި އަގެއް ސާފެއް ނުވި އެވެ.
ސެލެކްޓިވް ބިޑިންއަކަށް ދިޔައީ މާލިއްޔަތު ގަވާއިދުގެ ދަށުން އާއްމުކޮށް އިއުލާނުކޮށްގެން ކުރިއަށް ގެންދާނެ އެކަށީގެންވާ ވަގުތު ނެތުމުން ކަމަށްވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އަރަބިއްޔާގެ އާ އިމާރާތް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
މާލިއްޔަތު ގަވާއިދުގެ 10.26 ގައި ބުނެފައިވާ ގޮތުން، ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތެއްގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިއަށް ގެންދާނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި އިންސާނެއްގެ ފުރާނަ އަށް ގެއްލުމެއް ލިބިދާނެ ނުވަތަ ދިމާވާ ހާދިސާއަކާ ގުޅިގެން، ބައެއްގެ ދިރިއުޅުމުގެ ފެންވަރަށް ނުވަތަ ތިމާވެއްޓާ ނުރައްކާތެރި ކަމެއް ކުރިމަތިވުމުންނެވެ.
އޭގެ އިތުރުން ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތަކަށް ހުއްޓުން އަރާ ފަދަ ހާލަތެއް މެދުވެރިވުމާއި ހޯދަން ބޭނުންވެފައިވާ ކުދިކުދި ތަކެތި ނުލިބުމުގެ ސަބަބުން ޕްރޮޖެކްޓެއްގެ މަސައްކަތް އެކަށީގެންވާ ވަރަށް ވުރެ ލަސްވުމުން ވެސް އެ އަށް އަމަލުކުރެވިދާނެ ކަމަށް އެ މާއްދާގައި ބުނެފައި ވެ އެވެ.
އާ ސްކޫލު ހެދުމަށް، ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލަން 2.4 މިލިއަން ރުފިޔާއަށް ވެލްޓްރޭޑިން ޕްރައިވެޓް ކުންފުންޏާ ހަވާލުކުރީ 75 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތް މިދިޔަ ޖޫން މަހުގެ ތެރޭގައި ފެށި ނަމަވެސް، މުއްދަތު ހަމަވިއިރު ވެސް އެތަން ތަޅާލައި އަދި ނުނިމެނެ އެވެ.
މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި ގެއްލުން ލިބިފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.
ސްކޫލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑެއް ނުވި
މުސާރަ ބޮޑުވެއްޖެ، ޓީޗަރުންގެ މައްސަލަ ހައްލުވާނެބާ؟
ދަރުމަވަންތަ އިމާރާތް ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުން
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި
"ދިރާސީ އަހަރު ބަދަލުކުރީ ރަނގަޅަށް ދިރާސާނުކޮށް"
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ
ސަރުކާރު ބަދުނާމުކުރުން ޓީޗަރުންނަށް "މަނާ"!
އާ އަހަރާއެކު ސަލާހުއްދީންގެ އާ އިމާރާތް ހުޅުވާނެ
ޓީޗަރުންނަށް ލައިސަންސް ދޭ ގަވައިދު ގެޒެޓު ނުކުރެވޭ