އައްޑޫ ހިތަދޫގައި މިރޭ އިރާކޮޅު ދެ ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި ލޮލަށް ގެއްލުންތަކެއް ވި މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
07 ޖެނުއަރީ 2017
އައްޑޫ ހިތަދޫގައި މިރޭ އިރާކޮޅު ދެ ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި ލޮލަށް ގެއްލުންތަކެއް ވި މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ހަވީރު 6:30 ހާއިރު އިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނީ އުމުރުން 46 އަހަރުގެ ފިރިހެނަކަށެވެ.
ހޮސްޕިޓަލުން ބުނީ ހިތަދު އަށް އުފަން އެ މީހާ އަށް އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާގެ ލޮލަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
މި އެކްސިޑެންޓްވި ސަރަހައްދަށް ގިނަ އަދަދަކަށް ލޭ ވެސް ފައިބާފައި ހުއްޓެވެ.
އެކްސިޑެންޓް ހިނގީ ހިތަދޫ ބޮޑުމަގުގައި ހުންނަ "ފޭލި" ފިހާރަ ސަރަހައްދުގެ ޕާކިން ޒޯނުގައި ހުރި ސައިކަލެއް ނެރެނިކޮށް، ބޮޑުމަގުން ދުއްވާފައި ދިޔަ އެހެން ސައިކަލެއް ޖެހިގެން ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.
އެކްސިޑެންޓް ހިނގިއިރު، ދެ ސައިކަލްގައި ހަތަރު ހަތަރު މީހަކު ތިއްބެވެ. އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައީ ތިން މީހެކެވެ. އަދި ލޮލަށް އަނިޔާވެ، ހާލު ސީރިއަސް ވީ ބޮޑުމަގުން ދިޔަ ސައިކަލް ދުއްވަން އިން މީހާ އަށެވެ.
ހޮސްޕިޓަލުން ބުނީ އަނެއް ދެ މީހުންނަށް ކުދިކުދި ބައެއް ޒަހަމްތައް ލިބުން ފިޔަވައި، ސީރިއަސް އަނިޔާއެއް ނެތް ކަމަށެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 66 އަހަރުގެ މަރަދޫ ފިރިހެނެކެވެ. ދެން އަނިޔާވީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ހިތަދޫގެ އެކްސިޑެންޓްގެ އިތުރުން މަރަދޫފޭދޫގައި ވެސް މިރޭ އެކްސިޑެންޓެއް ހިނގި އެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، އެ ދެ މީހުން ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ. އޭގެ ތެރެއިން އެކެއްގެ ނޭފަތުން ލޭ ފައިބާތީ އިތުރު ފަރުވާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ފޮނުވާލައިފަ އެވެ.
އައްޑޫ އެކްސިޑެންޓްވި ކާރު ދުއްވި މީހާ ހައްޔަރުކޮށްފި
ހިތަދޫ އެކްސިޑެންޓްގައި ޒަޚަމްވި މީހާ މާލެ ފޮނުވާލައިފި
ވެލި ފުންޏަކަށް އަރައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި
ސައިކަލަކުން ވެއްޓި އަނިޔާވި މީހަކު އައިސީޔޫގައި
އައްޑޫ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
ރަޝްމު މަރުވި މައްސަލާގައި ދައުވާ ކުރަން ފޮނުވައިފި
ހިތަދޫގައި ދަގަނޑުބުރިއަކުން ކުއްޖަކަށް ހަމަލާ ދީފި
ހިތަދޫގައި އެކްސިޑެންޓްވި އަންހެންމީހާ މާލެ އަށް
ހިތަދޫގައި އެކްސިޑެންޓްވި އަންހެނަކު އައިސީޔޫގައި