Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އައްޑޫ އެކްސިޑެންޓްވި ކާރު ދުއްވި މީހާ ހައްޔަރުކޮށްފި

އައްޑޫ އެކްސިޑެންޓުގައި ކާރު ދުއްވި މީހާ ހައްޔަރުކޮށްފި

11 މާޗް 2018

އައްޑޫ ލިންކް ރޯޑްގައި ރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވި ހާދިސާއާ ގުޅިގެން، ކާރު ދުއްވި މީހާ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ލިންކް ރޯޑްގައި ރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވި ހާދިސާއާ ގުޅިގެން، ކާރު ދުއްވި މީހާ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށް، ތަހުގީގަށް 15 ދުވަހަށް ބަންދުގައި ބަހައްޓަން މަރަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.

އެކްސިޑެންޓްވި މަރަދޫ ކާރުގައި ތިން މީހަކު ތިއްބެވެ. ނަމަވެސް ކާރު ދުއްވަން އިން މީހާ ފިޔަވައި އިތުރު މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވެ އެވެ.

ބާރު ސްޕީޑިގައި ކާރު "ރޭސް ޖަހަނިކޮށް" ލިންކް ރޯޑުން ކުނިކޮށްޓާ ދިމާލުން ރޭ ހަތެއް ޖަހަން އުޅެނިކޮށް ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމް ރިޔާޒް 28، ވަނީ މަރުވެފަ އެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ކަށަވަރުކޮށް ދީފައިވާ އިރު، ރަޝްމްގެ ހަށިގަނޑު އޮތީ "ޗިސްޗިސް ވެފަ" އެވެ.