28 ސެޕްޓެމްބަރ 2022
އަމީނީމަގުގައި އިންދާފައި ހުރި ގަސްތައް، އެ މަގު ހެދުމުގެ ބޭނުމަށް ކަނޑާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މާދަމާ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
އަމީނީމަގުގައި އިންދާފައި ހުރި ގަސްތައް، އެ މަގު ހެދުމުގެ ބޭނުމަށް ކަނޑާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މާދަމާ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ނަޝީދުގެ ފަރާތުން މައްސަލަ ހުށަހަޅަނީ ޝުނާނާ އެންޑް ކޯ އެލްއެލްޕީންނެވެ. އެ ލޯ ފާމުން ކުރި ޓުވީޓެއްގައި ބުނީ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެތީ އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހަޅާނެ ކަމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހަޅަން ތައްޔާރުވިއިރު، ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ އަމީނީ މަގުގައި އިންދާފައި ހުރި ބޮޑެތި ގަސްތައް ނުނަގައި އެ މަގު ހެދޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ގަހެއް ހެދުމަށް 15-20 އަހަރު ނަގާ ކަމަށެވެ. އެކަމަކު ދެތިން މަހުން މަގެއް ހަދައި ނިންމާލެވޭ ކަމަށާއި ގަސްތައް ބަހައްޓައިގެން އެކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
We will be filing a case tomorrow at the court on behalf of our client @MohamedNasheed, requesting for an order to stop the removal of urban forestry in Ameeni Magu, as such removal will cause irreparable damage to the environment.
— SHUNANA & CO.LLP (@shunanaLLP) September 28, 2022
We will also seek a temporary injunction order. pic.twitter.com/ZRxcXdj5Ef
"ގަސްތައް ބަހައްޓައިގެން މަގު ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑު އުއްމީދުކުރަން މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވެސް މި ކަންކަމަށް ބައްލަވައި، ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯއްދަވާނެ ކަަމަށް،" ނަޝީދު ވިދާޅުވި އެވެ.
މަގުގެ ދެ ފަރާތުގައި ހެދިފައިވާ ބިޔަ ގަސްތަކާ އެކު އަމީނީ މަގަކީ މާލޭގައި އެންމެ ފެހިކޮށް އޮންނަ އެއް މަގެވެ. އެ މަގުގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަސްތައް އެބަ ހުއްޓެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން އަމީނީ މަގު ހަދަން ނިންމާފައިވަނީ ތާރު އަޅައިގެންނެވެ.
އަމީނީ މަގު ހެދުމަށް، އެ މަގުގައި ހުރި ގަސްތަކެއް ކަނޑަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ މަސައްކަތް ފެށުމަށް ގަސްތައް ކަނޑަމުންދާތީ އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ކުރިން ނެރުނު ބަޔާނުގައި އެ ކުންފުނިން ބުނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބުޑުން ނެގުމަށް ފަހު، ޕިކްނިކް އައިލެންޑުގެ ގޮތުގައި ތަރައްގީކުރާ ކުޑަގިރި އަށް ބަދަލުކުރާނެ ކަމަށެވެ.
އެއަށްފަހު، މަގު ހަދާ ނިމުމުން އެ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި އިންދާނެ ކަމަށް ވެސް ބުންޏެވެ.
އާރްޑީސީން ބުނީ، އަމީނީ މަގު ހެދުމުގެ މަސައްކަތް ޕްލޭން ކުރީ އެ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށް ވިޔަސް ފެނާއި ނަރުދަމާ އަދި އެހެނިހެން ނެޓްވޯކްތަކުގެ މައި ހޮޅިތައް ވަޅުލާފައިވާތީ އެ ކަމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިދިޔަ މަހުގެ 30 ގައި އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށިއިރު އެ މަޝްރޫއުގެ ދަށުން މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި އެ މަގުގެ ބައެއް މިހާރު އޮތީ ބަންދުކޮށްފަ އެވެ. ޖުމުލަ 84 މިލިއަން ރުފިޔާގެ އެ މަޝްރޫއު 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ގަސް ކެނޑުމާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ނަގައިފި
އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށަނީ
އަމީނީ މަގުގައި ބުރާސްފަތި ދުވަހު ތާރު އަޅަން ފަށަނީ
އަމީނީމަގު ހެދުމުގެ އެއްބަސްވުން ސިއްރެއްނުވާނެ:ހައިކޯޓް
އަމީނީމަގު ހަދަން އިތުރު ސަރަހައްދެއް ބަންދުކޮށްފި
24 ގަޑިއިރު މަސައްކަތް ކުރަން ވެސް އާރުޑީސީ ތައްޔާރު
އަމީނީމަގު ތާރު އެޅުން: 3 މަސް ވީ، ކުރިއަކަށް ނުދޭ
ގަސް ނެގުން ހުއްޓުވުމާ މެދު ގޮތެއް ނިންމަނީ
މީމުޒަވިޔަނީގެ ވިސްނުން: ގަސްތައް މަގާ އެކަށީގެން ނުވޭ
އަމީނީމަގު: ގަސް ނެގޭކަށް ނެތް، ނުނަގާ ވާކަށް ނެތް؟