ބާ ޖަމާލުއްދީން ބިމުގައި ޖަމާލުއްދީން ސްކޫލުގެ އިތުރު އިމާރާތަކާއި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށް އެ ކުންފުންޏާއެކު މިއަދު ސޮއިކޮށްފި އެވެ.
29 ސެޕްޓެމްބަރ 2022
ބާ ޖަމާލުއްދީން ބިމުގައި ޖަމާލުއްދީން ސްކޫލުގެ އިތުރު އިމާރާތަކާއި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށް އެ ކުންފުންޏާއެކު މިއަދު ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 420 ދުވަހުގެ ތެރޭގައި އެ ދެ ސްކޫލު ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އަމިން ކޮންސްޓްރަކްޝަންގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.
އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ ދެ ސްކޫލު، ޑިޒައިން އެންޑް ބިލްޓު އުސޫލުން އެ ކުންފުންޏާ ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުންނެވެ. މިނިސްޓްރީން ބުނީ އެ ގޮތަށް ނިންމީ މަސައްކަތް އަވަސް ކުރުމަށް ކަމަށެވެ.
- 40 ކްލާސްރޫމް
- މަލްޓިޕާޕަސް ހޯލް
- ހަތަރު ލިފްޓް
- 34 ކްލާސްރޫމް
- ދެ ލިފްޓް
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ އެ ދެ ސްކޫލުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމާނެ ކަމަށެވެ. އެއަށްފަހު، ޖެނުއަރީ، 2024 ގައި ކިޔަވައިދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާގެ ދަރިވަރުންނަށް ބާޖަމާލުއްދީން ބިން ހަމަޖައްސައިދީފި https://t.co/2VSH24iLsH
— Mihaaru (@Mihaarunews) December 20, 2021
މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި ގެއްލުން ވެފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.
އެހެންވެ، އެކަމަށް ދާއިމީ ހައްލެއްގެ ގޮތުން ސަރުކާރުން ވަނީ ބާ ޖަމާލުއްދީން ބިމުގައި އާ އިމާރާތެއް ހަދައިދޭން ނިންމައިފަ އެވެ.
ޖަމާލުއްދީން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ހަދާ އާ އިމާރާތް ވެސް ނިމުމުން އެ ތަނުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ދެ ސްކޫލު ހަދަން ކުރުމަށް ބާ ޖަމާލުއްދީން ބިމުގައި ހުރި އިމާރާތްތައް ދަނީ ތަޅާލަމުންނެވެ. މިނިސްޓަރު ވިދާޅުވީ އަންނަ މަހުގެ 14 ގެ ކުރިން އެ އިމާރާތް އެއްކޮށް ތަޅާލައި ހަވާލުކުރުމުން، ސްކޫލުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
ބާ ޖަމާލުއްދީން ސަރަހައްދުގެ ޓްރެފިކް ހައްލުކުރަން މަދޮށި ގޯޅިން ޖަމާލުއްދީން ހިނގުމަށް ސްކޫލުގެ ބޭނުމަށް އާ މަގެއް ހެދުން ވެސް ޑިޒައިންގައި ހިމެނިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި
އަރަބިއްޔާ އަށް އަބަދު ވެސް ޖެހެނީ ހަމަ މި ހާލު!
ޕޯސްޓު ފޮހެލީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުމުން!
އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް އާރުސީސީއަށް
އަރަބިއްޔާގެ މޫނުބުރުގާ އެޅުމުގެ މައްސަލަ ކޯޓުން ބޭރު
މައްސަލަ ބޮޑުވި އަރަބިއްޔާގެ ޕީޓީއޭ އުވާލައިފި
އަރަބިއްޔާގެ ހުރިހާ މާއްދާތަކަށް ދިވެހި ޓީޗަރުން!
އަރަބިއްޔާ ކުދިންގެ ރައްކާތެރިކަން ކަށަވަރު: މިނިސްޓްރީ