Roadha Mihaaru
ޕީއެސްއެމުން ވައްކަން ކުރި މީހާ ބަންދަށް

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރުން ވައްކަން ކުރި މީހާ އެހެން މައްސަލައެއްގައި ބަންދަށް

03 އޮކްޓޯބަރ 2022

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރުން ވައްކަން ކުރި މީހަކު އެހެން މައްސަލައެއްގައި ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރުން ވައްކަން ކުރި މީހަކު އެހެން މައްސަލައެއްގައި ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ 32 އަހަރު އެ ދިވެހި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ. އަދި އޭނާ އަށް މުއްދަތު ދީފައި ވަނީ އޭނާއަށް ތުހުމަތުކުރެވޭ އެހެން މައްސަލައަކާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.

އެއީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައި އެތަނުން ވަގަށް ނެގި ތަކެތި މިހާރު ހިތަދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ ކަމަށެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި އޭސީއަކާއި ޓީވީއަކާއި ލެޕްޓޮޕަކާއި އަދި ޕްރިޓަރެއް ވެސް ހިމެނެ އެވެ.

"ތަކެތި ހޯދުމަށް ކުރިއަށް ގެންދެވުނު މި އޮޕަރޭޝަނަށް ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރަން،" ފުލުހުން ބުންޏެވެ.