Roadha Mihaaru
އައްޑޫން ވަގަށް ނެގި ތިޖޫރީ ފެނުނީ ފުއްޓަރުފަރާތުން

އައްޑޫ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓުން ވަގަށް ނެގި ތިޖޫރީ ފެނުނީ ފުއްޓަރުފަރާތުން

24 ފެބުރުއަރީ 2019

އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓް ފަޅާލައިގެން މި މަހު ކުރީކޮޅު ވަގަށް ނެގި ތިޖޫރީ ސ. ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރޭން ފެނިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓް ފަޅާލައިގެން މި މަހު ކުރީކޮޅު ވަގަށް ނެގި ތިޖޫރީ ސ. ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރޭން ފެނިއްޖެ އެވެ.

ފުލުސް އޮފީހުން މިއަދު ބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލު ފުއްޓަރު ފަރާތު ވަލުތެރެ ބަލައި ފާސްކުރީ، ތިޖޫރި އެތަނުގައި އޮތްކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އައްޑުއިން ވަގަށް ނެގީ ތިޖޫރީ ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރެއަށް އެއްލާލާފައި-- ފޮޓޯ: ޕޮލިސް

އައްޑުއިން ވަގަށް ނެގީ ތިޖޫރީ ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރެއަށް އެއްލާލާފައި-- ފޮޓޯ: ޕޮލިސް

ހިތަދޫ ލިންކް ރޯޑްގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓުން ތިޖޫރީ ވަގަށް ނެގީ ލައްކައަކަށް ވުރެ ގިނަ ރުފިޔާއާ އެކުގަ އެވެ. އެކަމަކު ތިޖޫރީ ފެނުނު އިރު އޭގައި ފައިސާއެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މި މަހު 14 ގައި، އއ. މަތިވެރީގައި ހުންނަ އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރީ ވެސް ބަޔަކު ވަނީ ވަގަށް ނަގާފަ އެވެ. އެކަމަކު އެ މީހުންނަށް ތިޖޫރީ ހިފައިގެން ނިކުމެވުނީ ފުލުހުންގެ ކުރިމައްޗަށެވެ.