04 އޮކްޓޯބަރ 2022
ވަކީލުން މަސައްކަތުގެ ދާއިރާ އިން ބޭރުގައި ކުރާ ކަންކަމުގެ މައްސަލަ ބާ ކައުންސިލަށް ބެލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ވަކީލުން މަސައްކަތުގެ ދާއިރާ އިން ބޭރުގައި ކުރާ ކަންކަމުގެ މައްސަލަ ބާ ކައުންސިލަށް ބެލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލާއި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ ވަކީލުން އެ މީހުންގެ މަސައްކަތުގެ ދާއިރާގެ ބޭރުން ކުރާ ކަންކަމުގެ މައްސަލަ ވެސް ބާ ކައުންސިލަށް ބެލޭ ގޮތަށް ހެދުމަށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް ބެލެނީ މަސައްކަތުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެކަންޏެވެ.
ކޮމެޓީން މިއަދު ފާސްކުރީ ސުލޫކީ މިންގަނޑަކާ ޚިލާފަށް ވަކީލަކު އަމަލުކޮށްފިނަމަ އަދި އެކަމަކީ އަދުލު އިންސާފުގެ ހަމަތަކާއި ޚިލާފް ނުވަތަ ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭފަދަ ކަމެއް ނަމަ، އެފަދަ މައްސަލަތައް ބާ ކައުންސިލަށް ބެލޭ ގޮތަށެވެ. އަދި މީހަކު ހުށަނޭޅިޔަސް، ބާ ކައުންސިލަށް އަމިއްލަ އިސް ނެގުމުގައި އެފަދަ މައްސަލަތައް ބެލޭ ގޮތަށެވެ. އެގޮތަށް ކޮމެޓީން މިއަދު ވަނީ ފާސްކުރީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މީގެ އިތުރުން ބާ ކައުންސިލް ހިންގުމަށްޓަކައި ވަކީލުން އަތުން ފީ ނެގުމާއި ޖޫރިމަނާ ކުރުމުގެ ބާރު އެ ކައުންސިލަށް ދިނުމަށް ވެސް ކޮމެޓީން ފާސްކުރި އެވެ.
ވަކީލުކަމުގެ ޚާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނެއް އަލުން ހަދަންޖެހޭ ގޮތަށް ގާނޫނުގައި ކުރިން އޮތް ބައި އުވާލުމަށް ވެސް ކޮމެޓީން މިއަދު ފާސްކުރި އެވެ. އެގޮތަށް ބިލް ހުށަހެޅީ މެމްބަރު އުޝާމެވެ. އެ ބިލަށް ބާ ކައުންސިލުން ވެސް ތާއީދުކުރި އެވެ.
ވަކީލުންގެ މަސައްކަތުގެ ދާއިރާގެ ބޭރުން ކުރާ ކަންކަމުގެ މައްސަލަ ބާ ކައުންސިލަށް ބެލޭ ގޮތަށް ކޮމެޓީން ފާސްކުރިއިރު، ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވުމުން ވެސް އޭނާއާ މެދު ފިޔަވަޅު ނޭޅުމުން ގިނަ ފާޑުކިޔުންތަކެއް ބާ ކައުންސިލަށް އަމާޒުވި އެވެ.
ނަމަވެސް ބާ ކައުންސިލުން އޭރު ވެސް ބުނަމުން ގެންދިޔައީ ގާނޫނު އޮތްގޮތުން އެފަދަ މައްސަލައެއް އެ ކައުންސިލަށް ނުބެލޭނެ ކަމަށެވެ. އެއީ ވަކީލުންގެ މަސައްކަތުގެ ދާއިރާއާ ގުޅުން ނެތް ކަމަކަށް ވާތީ އެވެ.
ހާއްސަ ހުއްދަ އޮތްނަމަ އެގްޒާމް ނުހެދުން ރަނގަޅު
ޕްރޮގްރާމެއް ހެދުމުން ވަކީލުކަމުގެ ހުއްދަދޭން ފާސްކޮށްފި
މެމްބަރު ސައްތާރު ކޯޓުގައި ވަކާލާތުކުރާތީ ސުވާލު
އެކްސްކޯ އިން އޭޖީ އުނިކުރަން ބާ ކައުންސިލުން ތާއީދު
ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ
ޖުޑީޝަރީގެ ދެ ބިލެއް އަނެއްކާވެސް އަނބުރާ ކޮމެޓީއަށް
ބާ އިމްތިހާނުން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ
ފުރަތަމަ ބާ އިމްތިހާނުން 68 ޕަސެންޓް މީހުން ފާސްވި
ހާއްސަ ހުއްދަ އޮތް މީހުން ބާއިމްތިހާނު ހަދާކަށް ނުޖެހޭ
ބާ އެގްޒާމް ފަސްކޮށްދޭން އާ އެކްސްކޯ އިން އެދެފި