Roadha Mihaaru
ބާ އިމްތިހާނުން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ

ފުރަތަމަ ބާ އިމްތިހާނަށް ފަހު 73 މީހަކަށް ވަކީލުކަމުގެ ހުއްދަ ދީފި

22 ފެބުރުއަރީ 2023

ރާއްޖޭގައި ބޭއްވި ފުރަތަމަ ބާ އިމްތިހާނަށް ފަހު 73 މީހަކަށް ވަކީލުކަމުގެ ހުއްދަ ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ބޭއްވި ފުރަތަމަ ބާ އިމްތިހާނަށް ފަހު 73 މީހަކަށް ވަކީލުކަމުގެ ހުއްދަ ދީފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފެދުނު ބާ ކައުންސިލުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާ އިމްތިހާނެއް ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ އިމްތިހާނުގައި ބައިވެރިވި 176 މީހުންގެ ތެރެއިން 68 ޕަސެންޓް މީހުން ފާސްވި އެވެ.

އޭގެ ތެރެއިން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ ދީ، ވަކީލުކަމުގެ ހުވާކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މީހުންނަށް ހުވާ ލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދެވެ.

ވަކީލުކަމުގެ ހުއްދަ ދިނުމަށް ބޭއްވި ޖަލްސާ ---ފޮޓޯ/ބާ ކައުންސިލް

ވަކީލުކަމުގެ ހުއްދަ ދިނުމަށް ބޭއްވި ޖަލްސާ ---ފޮޓޯ/ބާ ކައުންސިލް

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ވަޒީރުންނާއި ގާނޫނީ ދާއިރާގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ރަސްމިއްޔާތުގައި، ބާ އިމްތިހާނުން އެންމެ މަތިން ނަތީޖާ ހޯދި މީހުންނާއި އެއް ވަނަ ހޯދި ތިން މީހަކަށް އެވޯޑް ދިނެވެ.

މީގެ އިތުރުން ބާ އިމްތިހާނުގެ ކަންކަމަށް އެކި ގޮތްގޮތުން އެހީވެދިން ފަރާތްތަކަށް ވެސް އެކަމުގެ އެވޯޑް ދިނެވެ. އަދި ބާ އިމްތިހާނު ބޭއްވުމުގެ ކުރިން ވަކީލުކަމުގެ ހާއްސަ ލައިސަންސް ދީފައި ތިބި ފަރާތްތަކަށް ވެސް ވަކީލުކަމުގެ ދާއިމީ ލައިސަންސް އެ ރަސްމިއްޔާތުގައި ހަވާލުކުރި އެވެ.