Roadha Mihaaru
އެކްސްއެލް ޕްރޮމޯޝަންގެ ފުރަތަމަ ސައިކަލު ހަވާލުކޮށްފި

އެކްސްއެލް އެނާޖީ ޑްރިންކް ޕްރޮމޯޝަންގެ ފުރަތަމަ ސައިކަލު ހަވާލުކޮށްފި

02 ނޮވެމްބަރ 2016

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ސައިކަލު ލިބޭ ފަރާތް ރޭ ހޮވައި އެ ސައިކަލު ހަވާލުކޮށްފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ސައިކަލު ލިބޭ ފަރާތް ރޭ ހޮވައި އެ ސައިކަލު ހަވާލުކޮށްފި އެވެ.

"އެކްސްއެލް ޓެބް ޕްރޮމޯޝަން"ގެ ނަމުގައި މިދިޔަ މަހުން ފެށިގެން އަންނަ މަހުގެ 29 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރިންތަކަކަށް ބައިސްކަލެއް ލިބޭއިރު، ހަފުތާއަކު އެއް ފަހަރު ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް ބައިސްކަލެއް ލިބެ އެވެ. މީގެ އިތުރުން، މަސް ނިމުމުން ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ސައިކަލެއް ދޭން ހަމަޖައްސާފައި ވާއިރު، އެކްސެލް ކޭހެއް ލިބޭ ގޮތަށް ވަގުތުން ދޭ ބޯނަސް އިނާމުތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.

އެކްސްއެލް އެތެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސް އިން ހިންގާ މި ޕްރޮމޯޝަންގެ ފުރަތަމަ މަސް ނިމުމުން، އެ މަހު ބައިވެރިވި ފަރާތްތަކުގެ މެދުގައި ރޭ ވަނީ ގުރުއަތު ނަގައިފަ އެވެ. ޕީއެސްއެމުންނާއި ރާއްޖެ ޓީވީން ލައިވް ކުރި މި ހަފްލާގައި، ނަސީބު ނަމްބަރު ދިމާވި ބަންގްލަދޭޝްގެ މޮނީރު އަށް ދިނުމަށް ހަމަޖެހިފައިވާ ހޮންޑާ މޫވް ބްރޭންޑްގެ ސައިކަލު ވެސް ވަނީ ދައްކާލައިފަ އެވެ.

"މިއަދު ވަނީ ނަސީބުވެރިޔާއާ ސައިކަލު ހަވާލުކޮށްފައި،" ބީއެޗްއެމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

އެކްސްއެލްގެ ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ނަސީބުވެރިޔާ ރޭ ހޮވަނީ.-- ފޮޓޯ: ބީއެޗްއެމް

އެކްސްއެލްގެ ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ނަސީބުވެރިޔާ ރޭ ހޮވަނީ.-- ފޮޓޯ: ބީއެޗްއެމް

މި ޕްރޯމަޝަންގެ އެންމެ ހާއްސަ އިނާމަކީ ދެ މީހަކަށް ދޭ ދުބާއީ ދަތުރެވެ. އެ ގޮތުން، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް، ދެ މީހުންގެ ދުބާއީ ދެކޮޅު ޓިކެޓާއި ތިބުމާއި ކެއުމުގެ ހަރަދުގެ އިތުރަށް ހަރަދު ކުރާނެ ފައިސާ ވެސް ދޭން ވަނީ ނިންމައިފަ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކަމަށް ހާއްސަކޮށްފައިވާ އެކްސްއެލް ދަޅެއް ގަނެ، މަތިގަނޑުގެ ނުފުށުގައި އިންނަ ކޯޑު 7755 އަށް އެސްއެމްއެސް ކުރަން ޖެހެ އެވެ. ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭ މި ޕްރޮމޯޝަންގައި، ރަނގަޅު ހުރިހާ ކޯޑެއް ގުރުއަތުގައި ބައިވެރި ކުރެ އެވެ. ބޯނަސް އިނާމު ލިބޭ ފަރާތްތަކަށް ވަގުތުން އެސްއެމްއެސް އަކުން އެކަން އަންގާއިރު، ކޮންމެ ދުވަހެއްގެ ނަސީބުވެރިން އެ ރޭ 11:45 ގައި ގުރުއަތުން ހޮވައި އެސްއެމްއެސް އަކުން އަންގަ އެވެ. އަދި އެ ހަފުތާ އަކަށާއި މަހަކަށް ކަނޑައަޅާފައިވާ އިނާމުތައް ލިބޭ ފަރާތްތައް ހޮވަން ހާއްސަ ގުރުއަތެއް ބާއްވައި ކާމިޔާބު ކުރާ ފަރާތްތަކަށް އެސްއެމްއެސް އަކުން އަންގާނެ އެވެ.

ދިވެހިންގެ ތެރޭގައި އެކްއެސްއެލް އެނާޖީ ޑްރިންކް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާއިރު، ބީއެޗްއެމް އަކީ ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެކޮށް ވިއްކާ އެއް ކުންފުންޏެވެ. އެ ކުންފުނިން ވިއްކާ މަޝްހޫރު ބާވަތްތަކުގެ ތެރޭގައި ކޯސްޓު ކިރާއި ޔޭޔޭ ކޮފީ ހިމެނެ އެވެ.