Roadha Mihaaru

އޭ ލެވެލްގައި ޖަލާލުއްދީން ސްކޫލަށް ރަން އަހަރެއް، 17 ކުދިން ޓޮޕް 10 ގައި

ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އޭ ލެވެލް ނަތީޖާއަކީ އެ ސްކޫލްގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ނަތީޖާ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭ ލެވެލްގައި ޖަލާލުއްދީން ސްކޫލަށް ރަން އަހަރެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

16 ޖެނުއަރީ 2025

ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އޭ ލެވެލް ނަތީޖާއަކީ އެ ސްކޫލްގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ނަތީޖާ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭ ލެވެލް އިމްތިހާނުގައި އެ ސްކޫލުން މިދިޔަ އަހަރު 47 ދަރިވަރަކު ބައިވެރިވި އެވެ.

އައިމިނަތު މިއަދު "މިހާރު" އަށް ވިދާޅުވީ އޭ ލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 17 ކުދިން ނޭޝަނަލް ޓޮޕްޓެންގައި ހިމެނުނު ކަމަށެވެ. އޭގެ ތެރެއިން 6 ދަރިވަރަކަށް ވަނީ ހައި އެޗީވާސް ސްކޮލަޝިޕް ލިބިފަ އެވެ.

ޓޮޕް 10 ގައި ހިމެނުނު 17 ކުދިން

2 ވަނަ: އަހުމަދު ޔާސީން އިބްރާހިމް

3 ވަނަ: އައިޝަތު ހަނާން އިލްޔާސް

3 ވަނަ: އަހުމަދު ރަޒާން އާދަން

3 ވަނަ: ރީޝާން އިބްރާހިމް

4 ވަނަ: މުހައްމަދު ސާދިން މޫސާ

4 ވަނަ: އާމިނަތު ޝިއުމާ އަބްދުއްރަޝީދު

5 ވަނަ: އާމިނަތު އަލީ

5 ވަނަ: މަރިޔަމް މަނާލް މަމްދޫހް

6 ވަނަ: މަލްސާ އަހުމަދު

6 ވަނަ: މުހައްމަދު އައިމަން އާދަމް

7 ވަނަ: މުހައްމަދު ޒައިދު އަބްދުއްސަމަދު

7 ވަނަ: އިބްރާހިމް މާހިލް އަބްދުﷲ

7 ވަނަ: މަރިޔަމް އިބާދާ އަބޫބަކުރު

9 ވަނަ: މަރިޔަމް އަޒުހާ މުހައްމަދު

9 ވަނަ: މުހައްމަދު އުނައިޝް

9 ވަނަ: އަހުމަދު ޔައިޝް މުހައްމަދު

9 ވަނަ: ޤާނިތު އާދަމް

އައިމިނަތު ވިދާޅުވި ގޮތުގައި އެއީ ދަރިވަރުންނާއި ޓީޗަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. އަދި އޭނާ ވަނީ ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް ފާހަގަކުރައްވައިފަ އެވެ.

"އުންމީދުކުރިން ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް. ސްކޫލުން އަބަދު ވެސް މަސައްކަތް ވެސް ކުރަނީ އެއް އަހަރަށް ވުރެ އަނެއް އަހަރު ރަނގަޅު ނަތީޖާއެއް ހޯދަން، އެގޮތަށް މިފަހަރު ވެސް މަސައްކަތް މި ކުރީ،" އޭނާ ވިދާޅުވި އެވެ.

ދަރިވަރުން ކުރި މަސައްކަތަށް ތައުރީފްކޮށް ސްކޫލުން ވަނީ ދަރިވަރުންނަށާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

މިދިޔަ އޮކްޓޫބަރު/ނޮވެމްބަރުގައި ހެދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރީ މިއަދެވެ. އެޗްއެސްސީ އާއި އެޑެކްސެލް އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނުގައި 4،293 ދަރިވަރުން ބައިވެރިވި އެވެ. އެ އިމްތިހާނު ރާއްޖޭގެ 48 ސެންޓަރެއްގައި ބޭއްވި އެވެ.