Roadha Mihaaru
ދެ ކޮރެއާ އިން ހަމަލާތަކެއް ބަދަލުކޮށްފި

ދެ ކޮރެއާ އިން ހަމަލާތަކެއް ބަދަލުކޮށްފި

02 ނޮވެމްބަރ 2022

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އިން ފުރަތަމަ ފަހަރަށް، އެއް ގައުމުން އަނެއް ގައުމުގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް މިސައިލްތަކެއް ފޮނުވާލައިފި އެވެ.

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އިން ފުރަތަމަ ފަހަރަށް، އެއް ގައުމުން އަނެއް ގައުމުގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް މިސައިލްތަކެއް ފޮނުވާލައިފި އެވެ.

މި ހަމަލާ ބަދަލުކުރުންތައް ފެށުނީ އުތުރު ކޮރެއާ އިސްވެ މިއަދު ހެނދުނު ދެކުނު ކޮރެއާގެ އިރުމަތީ ފަރާތު ކަނޑުގެ ތެރެއަށް މިސައިލްތަކެއް ފޮނުވައިލުމާ ގުޅިގެންނެވެ. އުތުރު ކޮރެއާ އިން ފޮނުވައިލި މިސައިލްތައް ވެއްޓުނީ، ދެކުނު ކޮރެއާގެ އިރުއުތުރު އައްސޭރީގައި އޮންނަ ސޮކްޗޯ ސަހަރުގެ ގޮނޑުދޮށުން ފެށިގެން 60 ކިލޯމީޓަރު ދުރުން، އެ ގައުމުގެ ކަނޑު ތެރެއަށެވެ.

ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އެ ގައުމުގެ ހުރުމަތް ކެނޑުމުގެ މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަމާ އިހުތިޖާޖް ކުރުމުގެ ގޮތުން އެ ހަމަލާތަކުގެ ތިން ގަޑިއިރު ފަހުން، ދެކުނު ކޮރެއާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ، އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް މިސައިލްތަކެއް ފޮނުވާލައިފަ އެވެ.

އުތުރު ކޮރެއާ އިން އޮކްޓޫބަރު 6، 2022ގައި ކުރިއަށް ގެންދިޔަ އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ދާއިރު އެ ގައުމުގެ ރައީސް ކިމް ޖޮންގް-އުން އެ މަންޒަރު ބައްލަވަނީ. --އޭއެފްޕީ

އުތުރު ކޮރެއާ އިން އޮކްޓޫބަރު 6، 2022ގައި ކުރިއަށް ގެންދިޔަ އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ދާއިރު އެ ގައުމުގެ ރައީސް ކިމް ޖޮންގް-އުން އެ މަންޒަރު ބައްލަވަނީ. --އޭއެފްޕީ

ދެ ކޮރެއާ ބައިކުރާ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިނގި މި ހަމަލާ ބަދަލުކުރުންތަކުގައި އެއްވެސް ގައުމަކަށް، މާއްދީ އެއްވެސް ގެއްލުމެއް ނުވަތަ މީހަކަށް ގެއްލުމެއް ލިބުން ފަދަ ކަމެއް ނުހިނގަ އެވެ. ނަމަވެސް އުތުރު ކޮރެއާ އިން މިއަދުގެ މާއިރާ، 17 މިސައިލް ފޮނުވައިލި ކަމަށް ދެކުނު ކޮރެއާ އިން ބުނެ އެވެ.

އުތުރު ކޮރެއާގެ މި ހަމަލާތަކާ ގުޅިގެން، ދެ ކޮރެއާ ގުޅޭ ސަރަހައްދުން އާންމު މަތިންދާބޯޓުތައް ދަތުރުކުރުން ދެކުނު ކޮރެއާ އިން މިއަދު ވަނީ މަނާކޮށްފަ އެވެ. އަދި ދެކުނު ކޮރެއާގެ އިރު އުތުރު ސަރަހައްދުގެ އައްސޭރިފަށުގައި ދިރިއުޅޭ އާންމުން ރައްކާތެރި ތަންތަނަށް ދިއުމަށް އަންގައި، އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ބަރުގޮނު އެޅި އެވެ.

އޮކްޓޫބަރ 31، 2022؛ ދެކުނު ކޮރެއާގެ ވައިގެ ސިފައިންނާއި އެމެރިކާގެ ވައިގެ ސިފައިން ގުޅިގެން ބޭއްވި އަސްކަރީ ފަރިތަކުރުންތަކުގައި ބައިވެރިވާ އެމެރިކާގެ އެފް-35އޭ މަރުކާގެ ބޯޓުތަކެއް، ދެކުނު ކޮރެއާގެ ގުންސަންގައި އޮންނަ އަސްކަރީ ވައިގެ މަރުކަޒުގައި. --އޭއެފްޕީ

ދެ ގައުމު ބައިކުރާ ކަނޑުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އުތުރު ކޮރެއާ އިން ދެކުނު ކޮރެއާގެ ކަނޑުގެ ތެރެއަށް މިސައިލް ހަމަލާތަކެއް މިއަދު މި ދިނީ، ދެކުނު ކޮރެއާ އާއި އެމެރިކަށް ވަރުގަދަ އިންޒާރެއް އިއްޔެ ދިނުމަށް ފަހު އެވެ. އުތުރު ކޮރެއާ އިން އިއްޔެ ބުނީ، ކޮރެއާ ސަރަހައްދުގައި އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީންތައް ކުރިއަށް ގެންދާ ނަމަ، ދުނިޔޭގެ ތާރީޚުގައި ލިޔެވިގެންދާނެ އެންމެ ބިރުވެރި އަގު އެ ދެ ގައުމުން އަދާކުރަންޖެހޭނެ ކަމަށެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ އާއި ޖަޕާނުގެ ކަނޑުގެ ސިފައިން ބައިވެރިވެގެން، މީގެ މަހެއްހާ ދުވަސް ކުރިން އަސްކަރީ ތަމްރީންތަކެއް ބޭއްވުމަށް ފަހު، އެމެރިކާ އާއި ދެކުނު ކޮރެއާގެ ވައިގެ ސިފައިންގެ ތަމްރީންތަކެއް މިހާރު ވަނީ ފަށައިފަ އެވެ. މި ތަމްރީންތައް އެމެރިކާ އިން ފަށައިގެން މިއުޅެނީ، ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު، އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބަލަން އުޅޭ ކަމަށް، ހުޅަނގުގެ ގައުމުތަކުން ބުނަމުންދާ ދުވަސްވަރެއްގަ އެވެ.