Roadha Mihaaru
ކަނޑުން އަރައިގަންނާނެ ގޮތުގެ ތަމްރީންތަކެއް ފަށައިފި

ކަނޑުން އަރައިގަންނާނެ ގޮތުގެ ތަމްރީންތަކެއް ފަށައިފި

29 މާޗް 2023

ކަނޑު މަގުން ގައުމަކަށް އަރައިގަންނާނެ ގޮތުގެ އަސްކަރީ ތަމްރީންތަކެއް، އެމެރިކާ އާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން، ދެކުނު ކޮރެއާ ސަރަހައްދުގައި މިއަދު ހެނދުނު ފަށައިފި އެވެ.

ކަނޑު މަގުން ގައުމަކަށް އަރައިގަންނާނެ ގޮތުގެ އަސްކަރީ ތަމްރީންތަކެއް، އެމެރިކާ އާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން، ދެކުނު ކޮރެއާ ސަރަހައްދުގައި މިއަދު ހެނދުނު ފަށައިފި އެވެ.

މީގެ ކުރިން ދެ ގައުމުގެ ސިފައިން އެކުގައި ބާއްވާފައިވާ އަސްކަރީ ތަމްރީންތަކުގެ ބޭނުމަކީ ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ އުދުވާނަކުން ދިފާއުވުމުގައި އަމަލުކުރާނެ ގޮތްތަކަށް އަހުލުވެރިވުން ކަމަށް އެމެރިކާ އިން ބުނެ އެވެ. ނަމަވެސް އެމެރިކާގެ އެއްގަމު ލަޝްކަރުގެ 2000 ސިފައިންނާއި ދެކުނު ކޮރެއާގެ އެތައް ހާސް ސިފައިންނެއް ބައިވެރިވެގެން މިއަދު ފެށި ތަމްރީންތަކުގެ ބޭނުމަކީ، ކަނޑު މަގުން ގައުމަކަށް އަރައިގަންނަން ޖެހިއްޖެ ހިނދެއްގައި އަމަލުކުރާނެ ގޮތްތަކަށް އަހުލުވެރި ވުމެވެ.

އެހެން ނަމަވެސް، މި ތަމްރީންތަކުގައި ބައިވެރިވާ އެމެރިކާ ސިފައިންގެ ކޮމާންޑަރު ކާނަލް ސެމުއަލް މެޔޭރް ވިދާޅުވި ގޮތުގައި މި ތަމްރީންތަކަކީ ވަކި ބަޔަކު ރުޅިއަރުވަން ނުވަތަ މަސްރަހު ހޫނުކުރުމަށް ބާއްވާ ތަމްރީންތަކެއް ނޫނެވެ. އަދި މިއަދު ފެށި ތަމްރީންތަކަކީ އާދަޔާ ޚިލާފު ކަމެއް ނޫން ކަމަށާއި، އެހެން ގައުމުތަކުން ވެސް ނުކުރާ ފަދަ ތަފާތު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކުގައި ދެކުނު ކޮރެއާ ސިފައިންގެ ބަޔަކު ކަނޑުމަތީ އުޅަނދެއްގައި އައިސް އެއްގަމަށް ފައިބަނީ.. --އޭއެފްޕީ

އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކުގައި ދެކުނު ކޮރެއާ ސިފައިންގެ ބަޔަކު ކަނޑުމަތީ އުޅަނދެއްގައި އައިސް އެއްގަމަށް ފައިބަނީ.. --އޭއެފްޕީ

މިތަމްރީންތަކުގައި ދެކުނު ކޮރެއާގެ އެއްގަމު ސިފައިންގެ ބަޔަކު ކަނޑުމަތީ އުޅަނދުތަކެއްގައި އައިސް އެއްގަމަށް އެރުމާއެކު، އެމީހުންގެ ފަހަތުން އެމެރިކާގެ އެއްގަމު ސިފައިންގެ ބަޔަކު ވެސް، ކަނޑިމަތީ އުޅަނދުތަކެއްގައި އައިސް އެއްގަމަށް އަރަ އެވެ. އެއާ އެކު، އެމެރިކާގެ ހަމަލާދޭ ހެލިކޮޕްޓަރުތަކާއި މީހުން އުފުލާ ހެލިކޮޕްޓަރުތަކުގެ އިތުރުން، އެފް-35ބީ މަރުކާގެ، ރާޑަރަށް ނާރާ ބޯޓުތައް ވެސް އެ ސަރަހައްދުގެ ވައިގެ ތެރެއިން ދަތުރުކުރެ އެވެ.

މި ތަމްރީންތަކާ ބެހޭ ގޮތުން އުތުރު ކޮރެއާ އިން ބުނެފައިވަނީ މިއީ އެ ގައުމަށް ޖެއްސުންކޮށް ރުޅިއެރުވުމުގެ ގޮތުން އެމެރިކާ އާއި ދެކުނު ކޮރެއާ އިން ކުރަމުން އަންނަ ކަމެއް ކަމަށެވެ. ނަމަވެސް އެމެރިކާގެ ކޮމާންޑަރު ވިދާޅުވީ މިއީ ދެކުނު ކޮރެއާއާ އެކު މިފަދަ ތަމްރީންތައް ބާއްވާ 70 ވަނަ އަހަރު ކަމަށާއި، މިއީ އާ ކަމެއް ނޫން ކަމަށެވެ.

މިއަދުގެ ތަމްރީންތަކުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ ކުޑަ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް މަކިން އައިލޭންޑް އާއި އިތުރު މަނަވަރުތައް ވެސް ބައިވެރިވެ އެވެ. އޭގެ އިތުރުން އެމެރިކާގެ މަތިންދާބޯޓު އުފުލާ އެންމެ ބޮޑު މަނަވަރު ކަމަށްވާ ޔޫއެސްއެސް ނިމިޓްޒް ވެސް، މިހާރު އޮތީ ދެކުނު ކޮރެއާގެ ދެކުނު ބަނދަރެއް ކަމަށްވާ ޕުސާންގަ އެވެ.