ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސަމިޓު، ކޮޕް ސަމިޓުގައި ބައިވެރިވުމަށް ސ. ހިތަދޫ ހިރާ ސްކޫލްގެ ދަރިވަރަކު މިއަދު މިސްރަށް ފުރައިފި އެވެ.
06 ނޮވެމްބަރ 2022
ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސަމިޓު، ކޮޕް ސަމިޓުގައި ބައިވެރިވުމަށް ސ. ހިތަދޫ ހިރާ ސްކޫލްގެ ދަރިވަރަކު މިއަދު މިސްރަށް ފުރައިފި އެވެ.
ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" ލިބުމުން ފަހިވި އެ ފުރުސަތުގައި އދ. ގެ ތިމާވެށީގެ ސަމިޓުގައި ބައިވެރިވާނީ ހިރާ ސްކޫލުގައި ގްރޭޑު 10 ގައި ކިޔަވަމުން އަންނަ އައިޝާ ސާރާ އަހުމަދެވެ.
ހިރާ ސްކޫލުގެ ވައިސް ޕްރިންސިޕަލް ހައްވާ ޒަރީނާ "މިހާރު" އަށް ވިދާޅުވީ ކޮޕް ސަމިޓުގައި އެ ދެ ކުދިން ތަމްސީލު ކުރާނީ ޒައިދު ސަސްޓެއިނިބިލިޓީ ކަމަށެވެ. އެ ތަނުގައި ބައިވެރިވާނެ ކުދިން ކަނޑައެޅީ ވެސް ޒައިދު ސަސްޓެއިނިބިލިޓީންނެވެ.
ޒައިދު ސަސްޓެނައިބިލިޓީ އެވޯޑަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ނަމުގައި ދޭ އެވޯޑެކެވެ.
ޔޫއޭއީގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގައި ހިރާ ސްކޫލަށް އެ އެވޯޑު ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ.
ޒަރީނާ ވިދާޅުވި ގޮތުގައި ތިމާވެށީގެ ބޮޑު ސަމިޓެއްގައި އެ ސްކޫލުގެ ދެ ކުއްޖަކު ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މިއީ، މީގެ 11 ވަރަކަށް އަހަރު ކުރިން ހުޅުވި ސްކޫލަށް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާ ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ކާމިޔާބީއެއް މިއީ،" ހަތަރު ސަތޭކައެއްހާ ކުދިން ކިޔަވާ ސްކޫލުގެ ވައިސް ޕްރިންސިޕަލް ވިދާޅުވި އެވެ.
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެޑޮޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި އަދި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމާއި އެކަމަށް ބާރުއަޅައި، މަޝްވަރާކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ބާއްވާ ސަމިޓެކެވެ. އެ ސަމިޓުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި
މޫސުމީ ގެއްލުމުގެ ބަދަލު ދޭ ފަންޑު ހަދަނީ
ސީލް އަަށް ކާންދީ، އުނދަގޫ ނުކުރަން އެދިއްޖެ
އައްޑު އަށް އެރި ސީލް އެނބުރި ނުދިޔަ!
ކައުންސިލުން ބުނީ ބީޗަށް "އެއްވެސް ކަމެއް ނުކުރަމޭ"
ބީޗު ހަދަން ހޭޅިފަށަށް ގެއްލުން ދިން މައްސަލަ ބަލަނީ
އައްޑޫގެ ރުއްފަށާ ކަނޑާލުމުން އެންމެން ރުޅިގަދަވެއްޖެ
ހިރާ ސްކޫލަށް ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް