06 ނޮވެމްބަރ 2022
ގައިދީންގެ ތެރެއިން ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުން ގިނަވުމުން ފެށި "ހޭހަން" އޮޕަރޭޝަންގައި މިހާތަނަށް 192 ގައިދީއަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެންމެ ގިނަ މީހުން ދެއްކީ ލޮލުގެ ޑޮކްޓަރުންނަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ގައިދީންގެ ތެރެއިން ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުން ގިނަވުމުން ފެށި "ހޭހަން" އޮޕަރޭޝަންގައި މިހާތަނަށް 192 ގައިދީއަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެންމެ ގިނަ މީހުން ދެއްކީ ލޮލުގެ ޑޮކްޓަރުންނަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ކަރެކްޝަސް އިން ބުނި ގޮތުގައި މިހާތަނަށް ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން ލޮލުގެ މައްސަލަތަކުގައި 104 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ.
ގައިދީން ސްޕެޝަލިސްޓުންނަށް ދައްކަން "ހޭހަން" އޮޕަރޭޝަން ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
ތިން ހަފްތާގެ މުއްދަތަށް ކުރިއަށްް ގެންދާ އެ އޮޕަރޭޝަނުގައި 192 ގައިދީއަކު ހާއްސަ ޑޮކްޓަރުންނަށް ދައްކާފައި ވަނީ އޮޕަރޭޝަންގެ ފުރަތަމަ ހަފްތާ ތެރޭގަ އެވެ.
ކަރެކްޝަންސް އިން ބުނީ މި އޮޕަރޭޝަންގައި، ޑޮކްޓަރަށް ނުދެއްކި ގިނަ ދުވަސްވެފައިވާ މީހުންނާއި ހާލަތު ސީރިއަސް ވެފައިވާ މީހުން ދެނެގަނެ އެ މީހުން މާލޭގެ ހޮސްޕިޓަލްތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކައި ސިއްހީ އެހީތެރިކަން ފޯރުކޮށްނެ ކަމަށެވެ.
ޖަލުގައި ތިބޭ ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުދެވޭ ކަމުގެ ޝަކުވާ ބޮޑެވެ. އެކި ކުށްތަކުގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި ފަރުވާ ކުޑަކުރާ ކަމަށް ބުނެ ކޯޓުތަކުން އެތައް ބަޔަކު މިނިވަންކޮށްފައި ވެސް ވެ އެވެ.
ކަރެކްޝަންސް އިން ބުނެފައި ވަނީ ޑޮކްޓަރަށް ދެއްކުމުގައި ހުރި މައްސަލަތައް ހައްލުކޮށް ސްޕެޝަލިސްޓުންނަށް ދެއްކުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ބޭނުންވާ ނިޒާމީ ބަދަލުތަކަކީ ކޮބައިތޯ މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށެވެ.
ކަރެކްޝަންސް ގެ 70 އަށް ވުރެ ގިނަ އޮފިސަރުން އަމަލީ ގޮތުން ބައިވެރިވާ މި އޮޕަރޭޝަން ކާމިޔާބުކަމާ އެކީ ކުރިޔަށް ގެންދިއުމަށް އެ އިދާރާ އިން ވަނީ މާލޭގެ ހޮސްޕިޓަލްތަކާ މަޝްވަރާ ކުރުމަށް ފަހު ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ. އަދި މި އޮޕަރޭޝަންގައި ކަރެކްޝަންސްގެ ގިނަ އަދަދެެއްގެ ވަސީލަތްތައް ބޭނުންކުރާނެ އެވެ.
ދައުރުވަމުން ދަނީ 2022 ގެ ވީޑިއޯއެއް: ކަރެކްޝަންސް
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
މަނާތަކެތި ވެއްދި މައްސަލާގައި ބަންދުކުރީ ގޯސްކޮށް
އޮފިސަރުންގެ މައްސަލަ: ތިން މީހަކާއެކު އެއްބަސްވުމެއް
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
މަނާތަކެތި ވައްދާ ނެޓްވޯކްގެ ފަސް އޮފިސަރަކަށް ދައުވާ!
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
އުތުރު ތިލަފަޅުގެ ޖަލާއެކު އެހެން ތަންތަން ބަންދުކުރަނީ
ސްކޭމް ހުއްޓުވާ އެންޓަނާގެ ބޭނުން ނުކުރެވޭ:ކަރެކްޝަންސް