Roadha Mihaaru
ނަޝީދުގެ މައްޗަށް އިތުރު ދައުވާއެއް ކުރަން ފޮނުވައިފި

ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

10 ޖެނުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ ނަޝީދުގެ މައްޗަށް އުފުލަން ފުލުހުން ފޮނުވީ ޖުލައި، 2010 ގައި ސިފައިންގެ ބެލުމުގެ ދަށުން ރައީސް ޔާމީން ހައްޔަރުކޮށް އާރަށުގައި ބެހެއްޓި މައްސަލަ ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލާގައި އިޖްރާއީ ބައެއް ކަންކަން ފުރިހަމަ ނުވާތީ ދައުވާ ކުރުމާ މެދު ގޮތެއް ނުނިމެ އެވެ. އެކަންކަން ފުރިހަމަކުރަން ފުލުހުންނާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ.

ނަޝީދަށް ދައުވާކުރަން ފޮނުވިއިރު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެކަމަކު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ފޮނުވި ފަހުން އެމަނިކުފާނު ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ.

ހިމާޔަތް ދޭން ކަމަށް ބުނެ ރައީސް ޔާމީން ހައްޔަރުކޮށް، ގެންގުޅުނު މައްސަލާގައި އެމަނިކުފާނަށް ބަދަލު ދޭން ވެސް ސިވިލް ކޯޓުން ކުރިން ހުކުމް ކުރިއެވެ. އެކަމަކު ބަދަލުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އެމަނިކުފާނު ބޭނުންފުޅެއް ނުކުރެއްވި އެވެ.