12 ނޮވެމްބަރ 2022
މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ މާންދޫގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާކުރަން ފަށައފި އެވެ.
މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ މާންދޫގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާކުރަން ފަށައފި އެވެ.
މާންދޫގެ މުޒާހަރާ އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ލ.ގަމު "ވަރަ 12" ދޯނީގެ ކެޔޮޅު ހުސެއިން ހަނީފު ބުނީ، ބައެއް ދޯނިތަކަށް މިލިއަނުން ފައިސާ ނުލިބި އެބަ ހުރި ކަމަށެވެ. އަދި މަސްވެރިން މިހާރު ކިރާ މަހަށް ފައިސާ ލިބެނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭ ކަމަށް ބުންޏެވެ.
ހަނީފު ވިދާޅުވީ، 21 މިލިއަން ރުފިޔާ މަސްވެރިންނަށް ނުލިބި އޮތްކަން މެނޭޖްމެންޓާ އެކު ދެކެވުނު ވާހަކަތަކުން އެނގޭ ކަމަށެވެ. މިކަން ހައްލުކޮށްދޭން 26 ދޯންޏެއް މާންދޫގެ ފަޅުގައި އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.
"ފައިސާ ނުލިބޭތީ ދޯނީގައި މަސައްކަތް ކުރާ މަސްވެރިންނަށް ފައިސާއެއް ނުދެވޭ. އަދި ހަރަދުތައް ހަމަޖައްސަން ވެސް ދަތިވޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ، މިކަމަށް ހައްލެއް ހޯދުމަށް މާންދޫގެ މެނޭޖްމެންޓާ އެކު މަޝްވަރާތައް ކުރަން އެދިފައި ވިޔަސް މިކަމުގައި އަދި އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ.
އެއަތޮޅުގެ "ޑެމޯ ފިޝާ ދޯނި" ގެ ކެޔޮޅު އަލީ ރަމީޒު ބުނީ، އެ ދޯންޏަށް ވެސް މާންދޫ އިން ތިން ލައްކަ ރުފިޔާ ނުލިބި އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން މި އެދެނީ އަވަހަށް ޕޭމަންޓް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ފައިސާ ނުލިބި ލަސްވުމުގެ އިތުރުން ތެޔޮ އަގު ބޮޑުކޮށް ލިބުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މިފްކޯއިން 16ރ. އަށް ޑީސަލް ލީޓަރެއް ލިބޭ އިރު މާންދޫއިން ޑީސަލް ލީޓަރެއް ލިބެނީ 19ރ. އާ ގާތްކުރާ އަދަދަކަށް ކަމަށް އޭނާ ބުންޏެވެ.
މިކަމަށް ވެސް ހައްލެއް ހޯދުމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.
ލ.މާންދޫގައި މަސް ޕެކްޓްރީ ހިންގަނީ ވިލާ ގްރޫޕްގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒް އިންނެވެ. އެކުންފުނީގެ ބަހެއް މިކަމުގައި އަދި ނުލިބެ އެވެ.
ފަައިސާ ދޭނެ ކަމަށް ބުނުމުން މުޒާހަރާ މެދުކަނޑާލައިފި
މާންދޫގައި މަސްވެރިންނާއި ފުލުހުން ކުރިމަތިލުމަކަށް
ފެއާ ޓްރޭޑް ސެޓްފިކެޓުގައި މަސް ބޭރު ކުރަން ފަށައިފި
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ފިޝަރީޒް މިނިސްޓްރީގެ ޓީމަކަށް ދެއްވަދޫން ހުރަސްއަޅައިފި
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!