Roadha Mihaaru

ދުރު ރާސްތާތަކަށް އުދުހޭ ކޮތަރެއް 1.4 މިލިއަން ޑޮލަރަށް ވިއްކާލައިފި

ދުރު ރާސްތާތަކަށް އުދުހުގެ ޗެމްޕިއަނެއްގެ ގޮތުގައި ފާހަގަކުރެފިވައިވާ ބެލްޖިއަން ކޮތަރެއް ރިކޯޑް އަގަކަށް އޮންލައިން ނީލަމެއްގައި ވިއްކާލައިފި އެވެ.

ކޮތަރެއް 1.4 މިލިއަން ޑޮލަރަށް ވިއްކާލައިފި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

19 މާޗް 2019

ދުރު ރާސްތާތަކަށް އުދުހުގެ ޗެމްޕިއަނެއްގެ ގޮތުގައި ފާހަގަކުރެފިވައިވާ ބެލްޖިއަން ކޮތަރެއް ރިކޯޑް އަގަކަށް އޮންލައިން ނީލަމެއްގައި ވިއްކާލައިފި އެވެ.

އާމަންޑޯގެ ނަން ދީފައިވާ ކޮތަރު ވިއްކައިލަން ނީލަމަށްލިތާ ދެ ހަފުތާ ފަހުން ހޮނިހިރު ދުވަހު އޭތި ވިއްކައިލީ 1.4 މިލިއަން ޑޮލަރަށެވެ. މިއީ މިހާ ބޮޑު އަގުގައި ދޫންޏެއް ވިއްކައިލި ފުރަތަމަ ފަހަރު ވެސް މެ އެވެ. އާމަންޑޯ ނީލަށްލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭގެ އަގު 340،000 ޑޮލަރުން 567،000 ޑޮލަރަށް ވެސް އަރައިގެން ދިޔަ އެވެ.

ނީލަން އިންތިޒާމުކުރީ އޮންލައިން ނީލަން ބާއްވާ ޕިޕާއިންނެވެ. ނަމަވެސް ކޮތަރު ރިކޯޑް އަގަކަށް ގަތް މީހާގެ ނަމެއް ހާމައެއް ނުކުރެ އެވެ.

އެކަމަކު ކޮތަރަށް އެންމެ ފަހުން ވާދަކުރީ ޗައިނާގެ ދެ މީހެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ޗައިނާ މީހުންނަކީ ބެލްޖިއަން ކޮތަރަށް ހާއްސަ ލޯތްބެއް ހުންނަ ބައެކެވެ.

މި އަހަރު ފަސް އަހަރު ފުރޭ އަދި ދުރު ރާސްތާ ރޭހުގެ ޗެމްޕިއަނެއްގެ ގޮތުގައި އާމަންޑޯ މަޝްހޫރުވެފައި ވަނީ "ލުވިސް ހެމިލްޓަން އޮފް ޕީޖަންސް" ގެ ގޮތުގަ އެވެ.