Roadha Mihaaru
ކޮކާކޯލާއިން ވޯލްޑް ކަޕަށް ފޮނުވާ ނަސީބުވެރިން ހޮވައިފި

ކޮކާ ކޯލާއިން ވޯލްޑް ކަޕަށް ފޮނުވާ ހުރިހާ ނަސީބުވެރިން ހޮވައިފި

22 ނޮވެމްބަރ 2022

މި އަހަރުގެ ވޯލްޑް ކަޕްގެ ފޯރި އިތުރުކޮށް، ވޯލްޑް ކަޕްގެ މެޗުތައް ބަލަން އަށް ފަރާތަކަށް ފުރުސަތު ލިބޭ ކޯކާ ކޯލާގެ "އަން ކެޕް، ބިލީވް، ފްލައި" ޕްރޮމޯޝަން ނިންމައި ހުރިހާ ނަސީބުވެރިން އިއުލާނުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރުގެ ވޯލްޑް ކަޕްގެ ފޯރި އިތުރުކޮށް، ވޯލްޑް ކަޕްގެ މެޗުތައް ބަލަން އަށް ފަރާތަކަށް ފުރުސަތު ލިބޭ ކޯކާ ކޯލާގެ "އަން ކެޕް، ބިލީވް، ފްލައި" ޕްރޮމޯޝަން ނިންމައި ހުރިހާ ނަސީބުވެރިން އިއުލާނުކޮށްފި އެވެ.

ސެޕްޓެމްބަރު މަހުގެ 1 ގައި ފެށި އެ ޕްރޮމޯޝަނަކީ 8 ހަފްތާއަށް ބަހާލައިގެން ކޮންމެ ހަފްތާ އަކު ނަސީބުވެރިއަކު އިއުލާނުކޮށް، ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި 8 ފަރާތަކަށް އިތުރު މީހަކާ އެކު ގަތަރަށް ދިއުމުގެ ހަރަދާއި، ހުރުމާއި ކެއުމުގެ ހަރަދާއި މެޗުގެ ޓިކެޓު ވަނީ ދީފަ އެވެ.

ދަތުރުގެ އިތުރުން ޕީއެސް 5 އާއި އަގުހުރި އިނާމުތަކެއް އެ ޕްރޮމޯޝަނުގައި ދީފައިވޭ. -- ފޮޓޯ: ކޮކަ ކޯލާ

ދަތުރުގެ އިތުރުން ޕީއެސް 5 އާއި އަގުހުރި އިނާމުތަކެއް އެ ޕްރޮމޯޝަނުގައި ދީފައިވޭ. -- ފޮޓޯ: ކޮކަ ކޯލާ

އެ ޕްރޮމޯޝަނުގެ ލަކީޑްރޯގައި އިތުރު 8 މީހަކަށް މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ "އަލް ރިހްލާ ޕްރޯ" ވެސް ވަނީ ދީފަ އެވެ. އަދި އިތުރު ބަޔަކަށް ޕީއެސް 5 ގޭމިން ކޮންސޯލާއި ފީފާ22 ގޭމް ހިމެނޭ ބަންޑްލް އަކާއި ކޯކު ކޭސް ވެސް ވަނީ ދީފަ އެވެ.

ކޮކާ ކޯލާއިން ބުނި ގޮތުގައި، މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް އަގުހުރި އިނާމުތަކެއް ލިބޭ އިތުރު ޕްރޮމޯޝަނާއި ހަރަކާތްތައް ވެސް ވަނީ ރާވައިފަ އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފުޓުބޯޅަ ފޭނުންނާއި ގުޅައިދީ، ސްކޯ ދިމާކުރެވޭ "ފޭން ޒޯން" ވެބްސައިޓެއް ވެސް ކޮކާ ކޯލާއިން ވަނީ ލޯންޗުކޮށްފަ އެވެ.

Coca-Cola Fan Zone | Maldives | English

ކޮކާ ކޯލާއިން ޯންޗު ކުރި ވެބްސައިޓު.

އެ ކުންފުނިން ބުނީ ކުރިއަށް ހުރި ޕްރޮމޯޝަންތަކުގެ މައުލޫމާތުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުން ދާނެ ކަމަށެވެ.

ޕްރޮމޯޝަނުގެ ބައެއް ނަސީބުވެރިން. އެ ޕްރޮމޯޝަނަކީ 8 ހަފްތާއަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް. -- ފޮޓޯ: ކޮކަ ކޮލާ

ޕްރޮމޯޝަނުގެ ބައެއް ނަސީބުވެރިން. އެ ޕްރޮމޯޝަނަކީ 8 ހަފްތާއަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް. -- ފޮޓޯ: ކޮކަ ކޮލާ

ކޮކާ ކޯލާ އަކީ ފީފާގެ އެންމެ ގިނަ ދުވަސްވީ ކޯޕަރޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 1974 ވަނަ އަހަރު ރަސްމީ ސިފަ ޖެހިގެން ދިޔަ މި ގުޅުމުގެ ތެރެއިން، ކޮކާ ކޯލާ އިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕްގެ ކޮންމެ މުބާރާތެއް ވެސް ސްޕޮންސާކުރަމުންނެވެ. ކޮކާ ކޯލާ އިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ފީފާ ވޯލްޑް ކަޕް މުބާރާތެއްގައި ވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށްފަ އެވެ.