Roadha Mihaaru
ކޮކާކޯލާގެ ނަސީބުވެރިން ވޯލްޑް ކަޕް ބަލަން ގަތަރަށް!

ކޮކާކޯލާ އިން ހޮވި ނަސީބުވެރިން ވޯލްޑް ކަޕްގެ މެޗެއް ބަލަން ގަތަރަށް!

07 ޑިސެމްބަރ 2022

މިހާރު ފަށާފައިވާ މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، ކޮކާކޯލާ އިން ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިން، އެ މުބާރާތުގެ މެޗެއް ބަލަން ގަތަރަށް ހިނގައްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިހާރު ފަށާފައިވާ މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، ކޮކާކޯލާ އިން ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިން، އެ މުބާރާތުގެ މެޗެއް ބަލަން ގަތަރަށް ހިނގައްޖެ އެވެ.

ކޮކާކޯލާ އިން ބުނީ ފީފާ ވޯލްޑްކަޕްގެ މެޗެއް ލައިވްކޮށް ބަލައިލުމުގެ ޕްރޮމޯޝަންގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު 8 މީހަކާއި އެ މީހުންގެ ބައިވެރިން ގަތަރަށް ފުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

އެ މީހުންނަށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ފޯރިގަދަ މެޗުތަކުގެ ތެރެއިން މެޗެއް ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮކާކޯލާ އިން ބުނީ، ގަތަރާއި ގަލްފް ސަރަހައްދުގެ މުއްސަނދި ސަގާފަތް ދެނެގަނެ ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ދޭނެ ކަމަށެވެ.

އިތުރު މީހަކާ އެކު، އެ 8 ނަސީބުވެރިންގެ ހުރިހާ ހަރަދެއް ލިބޭ ގޮތަށް ވޯލްޑް ކަޕްގެ މެޗެއް ބަލައިލުމުގެ ފުރުސަތު ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހުން އޮކްޓޯބަރު މަހުގެ ނިޔަލަށް ކޮކާކޯލާ އިން ބޭއްވި ފީފާ ވޯލްޑް ކަޕް ސީޒަނާ ގުޅޭ ހާއްސަ ޕްރޮމޯޝަނަކުންނެވެ.

އެ ޕްރޮމޯޝަންގައި އިތުރު 8 ނަސީބުވެރިއަކަށް މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ 'އަލް ރިހްލާ ޕްރޯ' މަރުކާގެ ބޯޅައެއް ދިނެވެ.

އެހެން ނަސީބުވެރިންނަށް ގޭމިން ކޮންސޯލާއި ފީފާ '22 ގޭމު ހިމެނޭ ބަންޑްލްއެއް އަދި ދެން ހޮވުނު ނަސީބުވެރިންނަށް ކޮކާ-ކޯލާ ކޭސްތަކެއް ވެސް އިނާމަކަށް ދިނެވެ.

ކޮކާ ކޯލާ ކުންފުނިން ބުނިގޮތުގައި، ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމާއި ޝައުގުވެރި ޕްރޮމޯޝަންތައް އަދި އެ ނޫނަސް އެތައް ހަރަކާތެއް މެދުވެރިކޮށް، ވޯލްޑްކަޕްގެ ތަޖުރިބާ ގެނެސް ދޭނެ އެވެ.

'ކޮކާ-ކޯލާ ފޭން ޒޯން' ގެ ނަމުގައި ތައާރަފްކުރި ވެބްސައިޓް މެދުވެރިކޮށް، ރާއްޖެ އާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ ވައުދުތައް ވެގެން އެ މީހުން ސަޕޯޓުކުރާ ޓީމަށް އޮތް ލޯބި ދެއްކޭނެ އެވެ.

ކޮންމެ ހަރުފަތެއްގައި ވެސް ކޮކާ-ކޯލާ އިން ރާއްޖޭގައި ތިބި ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.