24 ނޮވެމްބަރ 2022
ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ފުރަތަމަ ފަހަރަށް ނެރުނު 50ރ. ނޫޓު އަންނަ މަހު ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ފުރަތަމަ ފަހަރަށް ނެރުނު 50ރ. ނޫޓު އަންނަ މަހު ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އާ ނިޝާނާއެކު ނޫޓު ނެރުނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އަލަށް ނެރުނު 50ރ. ނޫޓުގެ ވައަތް ފަރާތުން މޫނުމަތީ އަގާ އެކު އާއި ނޫޓުގެ ފަހަތުގެ ކަނާތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާ އެކު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެ އެވެ.
މަރުކަޒީ ބޭންކުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އާ ނިޝާން ހިމަނާފައިވާ ނޫޓު ބޭނުން ކުރަން ފަށަން ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެ ނޫޓުގައި ސޮއިކުރައްވާފައި ވަނީ ގަވަނަރު އަލީ ހާޝިމެވެ. ނޫޓުގައިވާ ތާރީހަކީ ސެޕްޓެމްބަރު 8، 2022 އެވެ. އެއީ ދިވެހި މަހުން ސަފަރު 12، 1444 އެވެ.
އެމްއެންއޭ އިން ބުނިގޮތުގައި، އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓު ވެސް ބޭނުން ކުރެވޭނެ އެވެ.
ދިވެހި ފައިސާގެ ނިޝާންގައި ތާނަ އަކުރު "ރ" ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެ އެވެ. މި ނިޝާން ތައާރަފު ކުރީ މިދިޔަ ޖުލައި މަހު އެވެ. ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރަން މިދިޔަ އަހަރު އެމްއެމްއޭ އިން ހުޅުވައިލުމުން 70 ހުށަހެޅުމެއް ލިބިފައިވެ އެވެ. އެ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ކަނޑައެޅީ ފަންނީ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
ދިވެހި ރުފިޔާގެ ނިޝާން ހިމެނޭ ނޫޓު ނެރެފި
ދިވެހި ރުފިޔާގެ ނިޝާން މިއަދު ދައްކާލަނީ
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
ނަގުދު ފައިސާ ބޭނުންކުރާ ވަރު އިތުރުވެއްޖެ
އިގްތިސާދުގައި އެނބުރޭ ފައިސާގެ އަދަދު 59 ބިލިއަނަށް
ސައްހަ ނޫން ރުފިޔާގެ ނޫޓު ދައުރެއް ނުވޭ: އެމްއެމްއޭ
އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު 55 ބިލިއަނަށް
އަހަރު ނިމުނުއިރު 3.9 ބިލިއަން ރުފިޔާ ޗާޕްކުރި
ސްޓޮކް މަދުވުމުން 50ރ. ގެ ނޫޓް އަލުން ޗާޕުކޮށްފި
ދިވެހި ފައިސާގެ ނިޝާންގައި "ރ" އެއް