Roadha Mihaaru
ކޭކެއް ނޫން، އަތްދަބަހެއް

ކޭކެއް ނޫން، އަތްދަބަހެއް

03 ފެބުރުއަރީ 2017

އިންސްޓަގްރާމާއި ސްނެޕްޗެޓް ފަދަ ސޯޝަލް މިޑިއާ ސައިޓުތަކުން އެންމެ ގިނައިން ފެންނަ އެކައްޗަކަށް ވާނީ ރީތި ގޮތްގޮތަށް ހުންނަ، ކުޅު ދިޔާކޮށްލާ ކަހަލަ ކާނާ އެވެ. އެކަމަކު އެމީހަކަށް އެންމެ ކަމުދާ ފޮނި ކާއެއްޗެއް އަތް ދަބަހެއްގެ ގޮތުގައި ބޭނުންކުރަން ކެރޭނެހެއްޔެވެ؟

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

އިންސްޓަގްރާމާއި ސްނެޕްޗެޓް ފަދަ ސޯޝަލް މިޑިއާ ސައިޓުތަކުން އެންމެ ގިނައިން ފެންނަ އެކައްޗަކަށް ވާނީ ރީތި ގޮތްގޮތަށް ހުންނަ، ކުޅު ދިޔާކޮށްލާ ކަހަލަ ކާނާ އެވެ. އެކަމަކު އެމީހަކަށް އެންމެ ކަމުދާ ފޮނި ކާއެއްޗެއް އަތް ދަބަހެއްގެ ގޮތުގައި ބޭނުންކުރަން ކެރޭނެހެއްޔެވެ؟

ނެދަލަންޑްސްގެ ޑިޒައިނަރެއް ކަމަށްވާ ރޮމީ ކުޕެރެސް އަކީ ވަރަށް ތަފާތު ޒާތެއްގެ އަތްދަބަހެއް ފަރުމާކޮށް އުފައްދާ ފަންނުވެރިއެކެވެ. އޭނާގެ އަތްދަބަސްތައް ހުންނަނީ އަސްލު ކޭކެއް، ޑޯނަޓެއް ނުވަތަ އައިސް ކްރީމެއް ގޮތަށެވެ.

ރޮމީގެ އަތްދަބަސްތައް ފަރުމާކުރަން ބޭނުން ކުރަނީ އެކި ޒާތުގެ ފޯމް ކަމަށް އޭނާ ބުނެފައިވެ އެވެ. އާއްމުކޮށް ބޭނުންކުރަނީ މަޑު ފޯމެވެ. އަދި ބޭނުންވާ ބައްޓަމަކަށް ކަނޑައި ކުލަ ޖެއްސުމަށްފަހު ދެ ދުވަސް ވަންދެން ހިއްކަން ބާއްވަނީ އެވެ.

ނެދާލެންޑްސްގެ ޑިޒައިނަރަކު ކޭކެއްގެ ސިފަޔަށް ފަރުމާކޮށްފައިވާ އަތްދަބަހެއް

ނެދާލެންޑްސްގެ ޑިޒައިނަރަކު ކޭކެއްގެ ސިފަޔަށް ފަރުމާކޮށްފައިވާ އަތްދަބަހެއް

ކާއެއްޗެހި ގޮތަށް ފަރުމާކޮށްފައި ހުންނަ އަތްދަބަސްތަކަށް އޭނާ ދީފައިވަނީ އަސްލާއި ގާތްކުރާ ޓެކްސްޗާއެކެވެ. އެގޮތުން ޑޯނަޓް އަތްދަބަހެއްގައި ހުންނަ ހުދު ހަކުރު ކުނޑިތައް ހީވަނީ އަސްލު ހަކުރު ހެންނެވެ.

މިއީ ވެސް އަތްދަބަހެއް

މިއީ ވެސް އަތްދަބަހެއް

"މި އަތްދަބަސްތަކަކީ އާޓް ޕީސް އެއް. އެކަމަކު ބޭނުން ހިފޭ އާޓް ޕީސެއް." ރޮމީ ބުނެފައިވެ އެވެ.

ޑިޒައިނާ ރޮމީ އޭނާގެ އަތްދަބަސް ޑިޒައިނާ އެކު މޮޑެލްކޮށްފައި

ޑިޒައިނާ ރޮމީ އޭނާގެ އަތްދަބަސް ޑިޒައިނާ އެކު މޮޑެލްކޮށްފައި

އަތްދަބަހުގެ އިތުރުން، ކާއެއްޗެހީގެ ސިފަޔަށް ބޯ ޓައި އަދި ގަހަނާ ފަރުމާ ކުރެ އެވެ. ރޮމީގެ ޑިޒައިންތަކުން އޭނާ އަމިއްލަޔަށް ވެސް މޮޑެލް ކުރެ އެވެ. އެއީ އޭނާގެ އަމިއްލަ ފެޝަން ބްލޮގްގަ އެވެ. ވިންޓޭޖް ސްޓައިލުގެ ހެދުމާ އެކު ގުޅުވާލައިގެން ރޮމީގެ އަތްދަބަސްތައް ސްޓައިލްކޮށްގައި ހުންނަތަން ފެނެ އެވެ. އޭނާގެ އަތްދަބަސްތަކަކީ "ވެއާރަބްލް އާޓް" އެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

.