Roadha Mihaaru
ކުރެހުންތެރިއެއްގެ މަސައްކަތް އަތްދަބަސްތަކުގައި

މަޝްހޫރު ކުރެހުންތެރިއެއްގެ މަސައްކަތް އަތްދަބަސްތަކުގައި

02 އޯގަސްޓް 2016

އަތްދަބަސް ޑިޒައިންކުރާ މަޝްހޫރު ފަންނާނު އޮލިމްޕިއާ ލު ޓޭންގެ ޑިޒައިންތައް ހޮލީވުޑްގެ ގިނަ ސެލެބްރިޓީންނާއި ފެޝަނަށް ލޯބިކުރާ މީހުންގެ ތެރޭގައި މަގުބޫލެވެ. އޮލިމްޕިއާގެ އެންމެ މަގުބޫލު އަދި ތަފާތު ޑިޒައިންތަކުގެ ތެރޭގައި ވާހަކަ ފޮތުގެ ބޭރު ކަވަރު ގޮތަށް ފަރުމާކޮށްފައިވާ ކްލަޗް ހިމެނެ އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

އަތްދަބަސް ޑިޒައިންކުރާ މަޝްހޫރު ފަންނާނު އޮލިމްޕިއާ ލު ޓޭންގެ ޑިޒައިންތައް ހޮލީވުޑްގެ ގިނަ ސެލެބްރިޓީންނާއި ފެޝަނަށް ލޯބިކުރާ މީހުންގެ ތެރޭގައި މަގުބޫލެވެ. އޮލިމްޕިއާގެ އެންމެ މަގުބޫލު އަދި ތަފާތު ޑިޒައިންތަކުގެ ތެރޭގައި ވާހަކަ ފޮތުގެ ބޭރު ކަވަރު ގޮތަށް ފަރުމާކޮށްފައިވާ ކްލަޗް ހިމެނެ އެވެ.

ޕެރިހަން އުފަން، ލަންޑަންގައި މަސައްކަތްކުރާ އޮލިމްޕިޔާގެ އާ ޑިޒައިންތައް ބިނާކޮށްފައި ވަނީ ނިއު ޔޯކްގެ މަޝްހޫރު ކުރެހުންތެރިއެއްގެ މަސައްކަތަށެވެ.

ކީތު ހެރިން އަކީ އާޓް އަދި ކުރެހުމަށް ޝައުގުވެރިވާ މީހުން ދަންނަ ނަމެކެވެ. ކީތު ހެރިންގެ ކުލަގަދަ ޒަމާނީ ކުރެހުންތަކަށް 1980ގެ ތެރޭގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވެ އެވެ. ކީތުގެ ކުރެހުންތަކުން މިހާރު ވެސް ގިނަ ކުރެހުންތެރިންނާއި ފަންނުވެރިން ހިޔާލު ހޯދަ އެވެ.

އޮލިމްޕިއާގެ އާ ޑިޒައިންތައް

އޮލިމްޕިއާގެ އާ ޑިޒައިންތައް

"އަހަރެންގެ ބައްޕަ ނިއު ޔޯކަށް ވަރަށް ގިނައިން ދާނެ. އަދި އަންނަމުން ކީތު ހެރިންގެ ޕޮޕް ޝޮޕްއިން ޓީޝާޓު ގެންނާނެ،" އޮލިމްޕިއާ ބުންޏެވެ. "ހެރިންގެ މަސައްކަތް ވަރަށް ކުލަ ގަދަ ވެފައި ވަރަށް މަޖާ ރޫހެއްގައި ކުރަހާފައި ހުއްޓަސް އެ ކުރެހުންތަކުން އެކި ވައްތަރުގެ ސިޔާސީ މެސެޖު ދޭހަވޭ،" އޭނާ ބުންޏެވެ.

އޮލިމްޕިއާގެ އާ ޑިޒައިންތައް

އޮލިމްޕިއާގެ އާ ޑިޒައިންތައް

އޮލިމްޕިއާގެ މި ކަލެކްޝަނަށް ދީފައިވާ ނަމަކީ "ފްރޭމްޑް" އެވެ. އަދި 12 ވައްތަރުގެ ޑިޒައިން ހިމެނޭ މި ކަލެކްޝަން ނެރޭނީ މިއަހަރުގެ ނޮވެމްބަރު މަހު އެވެ.