02 ޖޫން 2016
"ޑަޔަމަންޑް ހިމާލަޔާ ނިލޮޓިކަސް"ގެ ނަމުން ދެވިފައިވާ ބާކިން އަތްދަބަސް ހޮންގް ކޮންގެ އޮކްޝަން ހައުސް ކްރިސްޓީޒްގައި ހޯމަ ދުވަހު 300،168 އެމެރިކާ ޑޮލަރަށް ވިއްކާލައިފި އެވެ. މަޝްހޫރު ފެޝަން ބްރޭންޑް އާމޭޒްއިން އުފައްދާ ބާކިން އަތްދަބަހަކީ އޭގެ ފަރުމާކުރުމާއި އަތްތެރި މަސައްކަތުގެ ފުރިހަމަ ކަމަށް ނަން މަޝްހޫރު އުފެއްދުމެކެވެ.

ފަސްދޮޅަހުގެ އަަހަރުތަކުގައި މަގުބޫލުވި ފަރަންސްގެ އެކްޓްރެސް ޖޭޏް ބާކިންގެ ނަން ދީފައިވާ މި އަތްދަބަސް އެކި ކުލައިގެ ޑިޒައިންތަކުގައި ލިބެން ހުރެ އެވެ. ނަމަވެސް، "ޑަޔަމަންޑް ހިމާލަޔާ ނިލޮޓިކަސް" އަކީ ބާކިން ދަބަސްތަކުގެ ތެރެއިން ހާއްސަ ޑިޒައިނެކެވެ. ކިނބުލުގެ ހަންގަނޑާއި، 18 ކެރެޓުގެ ރަން އަދި އަލިމަސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ 30 ސެންޓިމީޓަރުގެ ހިމާލަޔާ އަތްދަބަސް ކްރިސްޓީޒްގައި ވިއްކާލީ އޭޝިއާގެ ކަލެކްޓަރެކެވެ.
"އާމޭޒް ކުންފުނިން އަލިމަސް ބޭނުންކޮށްގެން އެކި ވައްތަރުގެ ރީތި އަތް ދަބަސް ތައްޔާރުކުރެ އެވެ. ނަމަވެސް ޑަޔަމަންޑް ހިމާލަޔާ އަކީ ވަރަށް ހާއްސަ އުފެއްދުމެކެވެ. މުޅި ދުނިޔޭގައި ވެސް ކޮންމެ އަހަރަކު އުފައްދަނީ އެންމެ ގިނަވެގެން ދެ ޑަޔަމަންޑް ހިމާލަޔާ އަތްދަބަހެވެ." ކްރިސްޓީޒްގެ ޕްރެސް ރިލީސެއްގައި ބުނެފައިވެ އެވެ.
މިދިއަ އަހަރު 222،000 އެމެރިކާ ޑޮލަރަށް ވިކުނު ފިޔާތޮށި ބާކިން އަތްދަބަސްގެ ރިކޯޑު ވެސް ޑަޔަމަންޑް ހިމާލަޔާ އަތްދަބަސް ވަނީ މުގުރާލައިފަ އެވެ.
މައިކްރޮސްކޯޕަކުން ނޫނީ ނުފެންނަހާ ކުޑަ ދަބަހެއް
މިއީ ބެގޭޓް ޕާނެއް ނޫން، އަތްދަބަހެއް
ކޭޓްގެ ކުއްލި މަރުން ފެޝަންގެ ދުނިޔެ ޝޮކުގައި
ސްކިނީ ޖީންސުން ގެއްލުންވޭތަ؟
ކޭކެއް ނޫން، އަތްދަބަހެއް
ފަހުގެ އަތްދަބަސް ޓްރެންޑްގައި ތަފާތު ކަމެއް
ކުރެހުންތެރިއެއްގެ މަސައްކަތް އަތްދަބަސްތަކުގައި
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ހުވޭގެ ހުވާސް ހަވާގައި: މުޅި ގޭމު ބަދަލުކޮށްލައިފި