Roadha Mihaaru
މައިކްރޮސްކޯޕަކުން ނޫނީ ނުފެންނަހާ ކުޑަ ދަބަހެއް

މައިކްރޮސްކޯޕަކުން ނޫނީ ނުފެންނަހާ ކުޑަ ދަބަހެއް

17 ޖޫން 2023

ފެޝަން ބްރޭންޑް ލުއީ ވުޓޯން އިން ހަދާފައިވާ މި އަތްދަބަސް ކިތަންމެ ވަރަކަށް ހޯދިޔަސް ނުފެންނާނެ އެވެ. އެ އޮތް ތަނެއް ނޭނގޭތީއެއް ނޫނެވެ. ސައިޒު ކުޑަކަމުންނެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ފެޝަން ބްރޭންޑް ލުއީ ވުޓޯން އިން ހަދާފައިވާ މި އަތްދަބަސް ކިތަންމެ ވަރަކަށް ހޯދިޔަސް ނުފެންނާނެ އެވެ. އެ އޮތް ތަނެއް ނޭނގޭތީއެއް ނޫނެވެ. ސައިޒު ކުޑަކަމުންނެވެ.

އެމެރިކާގެ ކަލެކްޓިވް އާޓް ގްރޫޕް "މިސްޗިފް" އިން އުފެއްދި މި ދަބަސް ލޮނުފުކަކަށް ވުރެއް ވެސް ކުޑަ އެވެ. މި ދަބަސް ހަމަލޮލަށް ރަނގަޅަން ފެންނާނީ މައިކްރޮސްކޯޕުން ބެލީމަ އެވެ.

ފެހި ކުލައިގެ އެ ދަބަހުގައި މަޝްހޫރު ބްރޭންޑް ލުއީ ވުޓޯންގެ ލޯގޯ އާއި ޑިޒައިން ހިމަނާފައިވެ އެވެ. މިއީ މިހާތަނަށް ދުނިޔޭގައި ވެސް ހެދި އެންމެ ކުޑަ ލަގްޒަރީ ދަބަހެވެ.

މީގެ ދެ ދުވަސްކުރިން މިސްޗިފްގެ އިންސްޓަގްރާމުގައި ޝެއާކުރި ދަބަހުގެ ފޮޓޯއަށް ވަނީ ބޮޑު މަގްބޫލުކަމެއް ލިބިފަ އެވެ. އެކަމަކު ގިނައީ ދަބަހަށް ހަޖޫޖަހާ މީހުންނެވެ.

މި ދަބަސް މިހާރު ވަނީ ނީލަމުގައި ވިއްކާލަން ނިންމައިފަ އެވެ.

މިސްޗިފް އަކީ މީގެ ކުރިން ވެސް ތަފާތު އެއްޗެހި ހަދައިގެން ސަމާލުކަން ހޯދާފައިވާ ބައެކެވެ. މީގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު މަޝްހޫރުވި ރަތް ކުލައިގެ ބޮޑު ކާޓޫން ބޫޓު ފާހަގަކޮށްލެވެ އެވެ.